ޚަތުރޯން ކޭ ކިލާޅީ އިން އެންމެ ބޮޑު އަގެއް ލިބޭ ބައިވެރިއަކީ ރާހުލް؟

ކަލާޒް ޓީވީން ގެނެސްދޭ މަޤުބޫލު ސްޓަންޓް ރިއަލިޓީ ޝޯ “ޚަތުރޯން ކޭ ޚިލާޅި” ގެ 11 ވަނަ ސީޒަން ދައްކަން ތައްޔާރުވަމުން އަންނައިރު، މިފަހަރުގެ ސީޒަންގެ ބައިވެރިން އެ ޝޯއަށް ކިއީ އަގު މީޑިއާތަކަށް ހާމަވެއްޖެއެވެ.

މިފަހަރުގެ ސީޒަންގައި، 13 މަޝްހޫރު މޫނު ފެނިގެންދާނެއެވެ. މި ޝޯ ޝޫޓުކޮށްފައިވަނީ ދެކުނު އެފްރިކާގެ ކޭޕް ޓައުންގައެވެ. ‘ޕިންކްވިލާ’ އިން ގެނެސްދީފައިވާ ގޮތުގައި، “ޚަތުރޯން ކޭ ކިލާޅީ” އިން އެންމެބޮޑު އަގެއް ލިބުނީ “ބިގް ބޮސް 14” ގައި ވާދަކޮށް ދެވަނައަށް ދިޔަ ބައިވެރިޔާ ރާހުލް ވެއިދްޔާ އަށެވެ. އެގޮތުން ލަވަކިޔުންތެރިޔާ ރާހުލް އަށް ކޮންމެ އެޕިސޯޑަކުން 14 ލައްކަ ރުޕީސް (20،000 ޑޮލަރު) ލިބޭ ކަމަށް ވެއެވެ.

ދެވަނައަށް އެންމެ ބޮޑު އަގެއް ލިބުނު ބައިވެރިޔަކީ މަޝްހޫރު ޓީވީ އެކްޓްރެސް ދިވްޔަންކާ ތުރިޕަތީ އެވެ. އޭނާއަށް ކޮންމެ އެޕިސޯޑަކުން 10 ލައްކަ ރުޕީސް ލިބެއެވެ. މީގެ އިތުރުން، ބަތަލާ ޝްވެތާ ތިވާރީއަށް 4 ލައްކަ ރުޕީސް ލިބެއެވެ. މި ސީޒަންގެ އެންމެ ހަގު ބައިވެރިޔާ އަނުޝްކާ ސެން އަށް 5 ލައްކަ ރުޕީސް ލިބޭއިރު، ހުރިހާ ބައިވެރިންގެ ތެރެއިން އެންމެ ކުޑަ އަގެއް ލިބެނީ ބަތަލާ މަހޭކް ޗަހަލް އަށް ކަމަށް ޕިންކްވިލާ އިން ބުނެއެވެ. މަހޭކް އަށް ލިބެނީ ގާތްގަނޑަކަށް 1.5 ލައްކަ ރުޕީސް އެވެ.

ޝޯގެ ހޯސްޓު ރޯހިތު ޝެޓީ، “ޚަތުރޯން ކޭ ކިލާޅީ 11” އަށް ކިޔާފައިވާ އަގަކީ ކޮންމެ އެޕިސޯޑަކަށް 49 ލައްކަ ރުޕީސް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެއެވެ.

އަންނަ މަހު ދައްކަން ތައްޔާރުވަމުންދާ މި ޝޯގެ ޕްރޮމޯ މިހާރު ވަނީ އާންމުކޮށްފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!