ކޭއާރުއެޗްގައި އޮތް ބަލި މީހަކު ޑޯނިއަރ ފްލައިޓުގައި މާލެ ގެނެސްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އޮތް ހާލު ބޮޑު ބަލި މީހެއް އެމްއެންޑީއެފްގެ ޑޯނިއަރ ފްލައިޓްގައި މާލެ ގެނެސްފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ ޙާލު ދެރަވެ އިތުރު ފަރުވާއަށް ބޭނުންވެފައިވާ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނަކު ޑޯނިއަރ ފްލައިޓްގައި ކުޅުދުއްފުށިން މިރޭ 19:00ގައި މާލެ ގެނެވިފައިވާކަމަށެވެ.

ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލުން ބުނީ އިތުރު ފަރުވާއަށް މާލެ ފޮނުވާލި ބަލި މީހާއަކީ އެކްސިޑެންޓެއްވެ، މޭ ކަށިގަނޑުން ގިނަ ކަށިތަކެއް ބިނދިފައިވާ މީހެކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!