ބައިޑެން އާއި ޕޫޓިން ބައްދަލުކޮށްފި

އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއި ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ބައްދަލުކުރައްވައިފިއެވެ.

ޖެނީވާގައި މިއަދު އޮތް މި ބައްދަލުވުމުގައި، ދެ ބޭފުޅުންގެ މެދުގައި، ދެ ގައުމުގެ ދެމެދުގައި ހުރި ކަންބޮޑުވުންތައް، އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ހިއްސާ ކުރައްވާނެ އެވެ. މި މަޝްވަރާތައް 5 ގަޑިއިރަށް ދެމިގެންދާނެއެވެ. 

ޕޫޓިންއާ ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންގެ ކުރިމަތީގައި ބައިޑެން ވިދާޅުވީ، ސީދާ ސީދާ ބައްދަލުކުރުމަކީ އަބަދުވެސް އެންމެ ރަނގަޅުގޮތް ކަމަށެވެ. ޕޫޓިން ވިދާޅުވީ، ބައިޑެންއާއެކު ބާއްވާ ސަމިޓުން އުފެއްދުންތެރި ނަތީޖާއެއް ނުކުންނާނެ ބައްދަލުވުމަކަށް އުންމީދު ކުރައްވާ ކަމަށެވެ.

އެމެރިކާގެ ރައީސާއި، ރަޝިޔާގެ ރައީސް ބައްދަލު ކުރައްވައި މަޝްވަރާތައް މިފެށީ، ދެގައުމުގެ ގުޅުން މިފަހުގެ އަހަރުތަކުގައި ދުވަހަކުވެސް ގޯސްނުވާ މިންވަރަށް ގޯސްވެފައިވާ ވަގުތެއްގައެވެ. އެގޮތުން ބައިޑެން ވަނީ، ގެއްލުން ދެނިވި ކަންކަމުގައި ރަޝިޔާ ބައިވެރިވާ ނަމަ، ވަރުގަދަ ހިތި ނަތީޖާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެ، ރަޝިޔާ އަށް އިންޒާރު ވެސް ދެއްވައިފަ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!