Fire and smoke billow above buildings in Gaza City during reported Israeli strikes on March 25, 2019. - Israel's military launched strikes on Hamas targets in the Gaza Strip today, the army and witnesses said, hours after a rocket from the Palestinian enclave hit a house and wounded seven Israelis. (Photo by Mahmud Hams / AFP)

އިޒްރޭލުން ގާޒާއަށް ބޮން އަޅަން ފަށައިފި

އިޒްރޭލުގެ އިދިކޮޅު ފަރާތްތަކުން އާ ސަރުކާރެއް އެކުލަވާލިތާ ކުޑަދުވަސްކޮޅެއް ނުވަނީ އަނެއްކާވެސް ގާޒާއަށް ހަމަލާދޭން ފަށައިފިއެވެ.

އިޒްރޭލުން ވައިގެ މަގުން ގަޒާއަށް ހަމަލާދޭން ފަށައިފައި މިވަނީ އިރުމަތީ ގުދުސްގައި އެގައުމުގެ ސަރުކާރުގެ ހުއްދައާއެކު ޔަހޫދީންގެ ބޮޑު ހިނގާލުމެއް ބޭއްވުމުން އެކަމާ ނުރުހުންފާޅުކޮށް މުޒާހަރާ ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. މި ހިނގާލުމަކީ 1967 ވަނަ އަހަރު އަރަބި އިޒްރޭލު ހަނގުރާމައަށް ފަހު ޔަހޫދީން އިރުމަތީ ގުދުސް އަށް ވެރިވެގަތް ދުވަސް ފާހަގަ ކުރަން ބާއްވާ ހަރަކާތެކެވެ. އެ ހިނގާލުމުގައި ޔަހޫދީ ހަރުކަށި ފިކުރުގެ މީހުން ވަނީ އަރަބިން މަރަން ގޮވައި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ވެސް ފުރައްސާރަކޮށްފައެވެ.

އަލްޖަޒީރާއިން ރިޕޯޓްކުރާގޮތުގައި ބުދަ ދުވަހު ދަންްވަރު ވަގުތެއްގައި އިޒްރޭލުން ވަނީ ގާޒާއަށް ހަމަލާދޭން ފަށާފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ ހަމަލާދޭން ފެށީ އިޒްރޭލުގެ 20 ކޮމްޕައުންޑެއްގައި، ފަލަސްތީނު މީހުން ފޮނުވާ އަލިފާން ފުއްޕާހަމުގެ ސަބަބުން ރޯވެފައިވާތީ ކަމަށެވެ.

އިޒްރޭލުން ދިން ހަމަލާތަކުގައި އަނިޔާވި މީހުންގެ ތަފްސީލެއް އަދި ނުލިބެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!