ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ޕާލް އަށް ކަފާލާތު ލިބިއްޖެ

ކުޑަކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ޖޫން 4 ވަނަ ދުވަހު ހައްޔަރުކުރި އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ޕާލް ވީ ޕޫރީއަށް ކަފާލާތު ލިބިއްޖެއެވެ.

އެ މައްސަލައިގެ ތަހުގީގު ނިމެންދެން ޕާލްގެ ބަންދަށް އޮތީ 14 ދުވަހުގެ މުއްދަތެއް ދީފައެވެ. ޕާލްގެ ކަފާލާތު އެންމެފުރަތަމަ ގަބޫލު ނުކޮށް އޭނާގެ ބަންދު ކޯޓުން ދަމަހައްޓާފައި އިރު މި މައްސަލައިގެ އަޑު އެހުމެއް މިއަދު ވަނީ ބާއްވައިފައެވެ. އެ އަޑުއެހުމުގައި އޭނާއަށް ކަފާލާތު ދޭން ކޯޓުންއެންމެފަހުން ވަނީ ނިންމައިފައެވެ.

ޕާލް ރޭޕްކުރި ކަމަށް ބުނާ ފަސް އަހަރުގެ އަންހެން ކުއްޖާއަކީ ޓީވީ ބަތަލާ އެކްތާ ކޯލްގެ ދަރިއެކެވެ. މި މައްސަލާގައި ޕާލްގެ ދިފާއުގައި ގިނަ ބަޔަކު ވާހަކަ ދައްކަން ފެށުމުން އެކްތާ އިންސްޓަގްރާމްގައި ބަޔާނެއް އާންމުކޮށް ދަރިފުޅަށް އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި ކޯޓުތަކަށް އިތުބާރު އޮތް ކަމަށް ބުނެފައިވެއެވެ.

ޕާލް ހައްޔަރުކުރުމާ އެކު ޓީވީ އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކައިފައެވެ. އަދި އޭނާ މިއަދު މިނަވަންވި ކަމުގެ ޚަބަރާއެކު، އެމީހުން ދަނީ އޭނާއަށް އިންސާފުލިބޭނެ ކަމަށް ބުނަމުންނެވެ. އެގޮތުން ބަތަލާ ކަރިޝްމާ ތަންނާ ‘ޕިންކްވިލާ’ އާ ވާހަކަދައްކަމުން ބުނީ ޕާލް އަށް ދިމާވީ ވަަރަށް ބަދުނަސީބު ހާލަތެއް ކަމަށެވެ. އޭނާ ވަރަށް ކުރިންސުރެ ޕާލް ދަންނަ ކަމަށާއި، އެފަދަ ހަޑިމުޑުދާރު ކަމެއް ނުކުރާނެކަން ޔަގީންވާކަމަށް ކަރިޝްމާ ބުނެއެވެ.

ނަމަވެސް ޝިކާރައަކަށްވި ކަމަށް ބުނާ ކުއްޖާގެ ބައްޕަގެ ފަރާތުން މައްސަލާގައި ވަކާލާތުކުރައްވާ ވަކީލު އަޝިޝް އޭ ޑޫބޭ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ޕާލްގެ މައްޗަށް ކުރެވޭ ތުހުމަތަމާ ބެހޭ ގޮތުން ބައެއް ވާހަކަތައް ފާހަގަކޮށްފައިވެއެވެ.

ވަކީލު ވިދާޅުވެފައި ގޮތުގައި ޖިންސީ އަނިޔާ ލިބުނު ކަމަށް ކުއްޖާ ބުނާތީ ހެދި ޓެެސްޓްތަކުން ވެސް އެކަން ކަށަވަރުވެފައިވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!