ދުވަހަކުވެސް ޔޫއްޕެއާއެކީ މަސައްކަތް ނުކުރާނެ ސަބަބު ރިޝްމީ ކިޔައިދީފި

މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އާއެކީ ދުވަހަކުވެސް މަސައްކަތް ކުރަން ބޭނުންނުވާ ކަމަށްބުނެ، އޭގެ ސަބަބު ބަތަލާ އައިޝަތު ރިޝްމީ ރަމީޒު ކިޔައިދީފިއެވެ.

ބައިސްކޯފުން ގެނެސްދޭ “ތުންތުންމަތިން” ގެ އެންމެފަހުގެ އެޕިސޯޑުގައި އަލަށް ނުކުމެގެން އުޅޭ ބަތަލާ ނުޒުހަތު ޝުއައިބު (ނުޒޫ) އާއެކީ ބައިވެރިވަމުން ރިޝްމީ ވަނީ ޓުރުތު އޯ ޑެއާ ގޭމް ކުޅެފައެވެ. އެ ސެގްމެންޓުގައި ޝޯގެ ހޯސްޓު ޝަހޫ، ރިޝްމީއާ ކުރި އެއް ސުވާލަކީ، ފިލްމީ ދާއިރާއިން އެކުގައި މަސައްކަތް ކުރަން ބޭނުންނުވާ ތަރިއަކީ ކޮބައިތޯއެވެ.

އެއަށް ޖަވާބުދެމުން ރިޝްމީ ބުނީ އެއީ ޔޫއްޕެ ކަަމަށެވެ. އަދި ފަހުން ޝަހޫ އޭގެ ސަބަބު އެހުމުން ރިޝްމީ ބުނީ، ޔޫއްޕެ އޭނާއާމެދު ކަންތައްކުރީ ވަރަށް “އަންޕްރޮފެޝަނަލް” ކޮށް ކަމަށެވެ. އެގޮތުން ދެމީހުން އެކުގައި ކުޅުނު “ހުކުރުވިލޭރޭ” ގެ މަސައްކަތް ނިންމާފައި، ޔޫއްޕެގެ އަންޕްރޮފެޝަނަލް ކަމުން ދިމާވި މައްސަލައެއްގައި އޭނާ ކުށްވެރީ ކުރީ ރިޝްމީ ކަމަށް ކިޔައިދިނެވެ. އަދި އޭގެފަހުން ޔޫއްޕެއާއި ރިޝްމީއަށް އެކުގައި ލަވަ ކުޅެން ލިބުމުން ޔޫއްޕެ ވަނީ ރިޝްމީއާއެކީ މަސައްކަތްކުރަން އިންކާރުކޮށްފައި ކަމަށް ބުންޏެވެ.

ރިޝްމީ ބުނީ އޭރު އޭނާ ފިލްމީ ދާއިރާއަށް ވަރަށް އާވާނެ ކަމަށާއި، އެހެންކަމުން ގިނަ މީހުން އިޚުތިޔާރުކުރާނީ އޭނާއަށްވުރެ ތަޖުރިބާހުރި، މަޤުބޫލު މީހާ ކަމަށްވާތީ ޔޫއްޕެގެ ސަބަބުން އޭރު ގިނަ ޕްރޮޖެކްޓުތަކެއް ގެއްލިގެން ދިޔަ ކަމަށެވެ. އެކަން ރިޝްމީ ސިފަކުރަނީ، އަލަށް ދާއިރާއަށް ނުކުންނަ މީހަކާ ދޭތެރޭ ވަރަށް އަންޕްރޮފެޝަނަލް ކޮށް ކަންތައް ކުރުން ކަމަށެވެ.

އޭގެ އިތުރުން ރިޝްމީ ވަނީ، އޭނާގެ ޕްރޮޑަކްޝަންގެ ދަށުން ހަދާ ޕްރޮޖެކްޓަކުން އެކްޓަރު އަލީ ސީޒަން އަށް ވެސް ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ. އެއީ އޭނާ ލައިގެން ޕްރޮޖެކްޓެއްގައި މަސައްކަތްކުރަން ރިޝްމީއަށް ފަސޭހަ ވެދާނެހެން ހީނުވާތީ ކަމަށް ބުނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!