ޑެންމާކްގެ ކުޅުންތެރިޔަކު ހޭނެތިގެން ދަނޑުމައްޗަށް ވެއްޓުމުން ކުޅުން މެދުކަނޑާލައިފި

 ޔޫރޯގެ ގުރޫޕް ބީގައި މިރޭ ޑެންމާކާއި ފިންލެންޑް ކުޅެމުންދިޔަ މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު، ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ދަނޑު މައްޗަށް ވެއްޓި، ހޭނެތުމާ ގުޅިގެން މެޗުގެ ކުޅުން މެދުކަނޑާލައިފިއެވެ.

އެރިކްސަން އަށް ދަނޑުމަތީގައި ސީޕީއާރު ފަރުވާ ދިނުމަށްފަހު، އޭނާ ވަނީ މިހާރު އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ދަނޑުމަތިން ގެންދިޔަ ފޮޓޯތައް ފެންނައިރު، އެރިކްސަން ހޭއަރާފައިވާތަން ފެނެއެވެ.

ޔުއެފާއިން ހާމަކުރި އެންމެފަހުގެ އަޕްޑޭޓުތައް ބުނާގޮތުން، ހޮސްޕިޓަލްގައި ދަރުވާދެމުންދާ އެރިކްސަންގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ. އަދި އޭނާއަށް ދިމާވީ މާ ސީރިއަސް ކަމެއް ނޫން ކަމަށް ބުނެއެވެ.

އެރިކްސަން ހޭނެތުމަށްފަހު ހޮސްޕިޓަލަށް ގެންދިޔަ ވަގުތު ޔުއޭފާ އިން ނެރުނު ބަޔާނެއްގައި ބުނީ ފިންލޭންޑް – ޑެންމާކް މެޗުގައި ދިމާވި “ސިއްހީ އެމަޖަންސީއަކާ ގުޅިގެން” މެޗުގެ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނާތީ، އެ މެޗު އަލުން ތާވަލްކޮށް ޔުއެފާއިން އަންނަނީ ބަޔާނެއް ނެރެން ތައްޔާރުވަމުންނެވެ.

އެރިކްސަން ވެއްޓުމާއެކު، ޑެންމާކްގެ ކުޅުންތެރިން އޭނާ ކައިރި އަށް ގޮސް، އެ ކުޅުންތެރިންގެ ހަރަކާތްތަކުން އެރިކްސަންނަށް ދިމާވީ ސީރިއަސްކަމެއްކަން އެނގިގެން ދިޔައެވެ. ދަނޑުމަތީގައި އެރިކްސަން އަށް ފަރުވާ ދެމުންދިޔައިރު، ޑެންމާކްގެ ކުޅުންތެރިން ތިބީ ސަފެއްހެން އެތުރިލައިގެނެވެ. ގިނަ ކުޅުންތެރިންގެ މޫނުމަތިން ފެނިގެންދިޔައީ މާޔޫސްކަމެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!