ކާޖޮލްގެ ބައްޕަ މަރުވުމުން އަޖޭ އެންމެ ފުރަތަމަ ގުޅީ ޝާހްރުކް ޚާނަށް!

ޝާހްރުކް ޚާނާއި ކާޖޮލް އަކީ ބޮލީވުޑް އޮން-ސްކްރީން ޖޯޑުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ފެވަރިޓެވެ. މިދެތަރިންގެ ކެމިސްޓްރީއަށް ތަޢުރީފު ލިބޭއިރު، ހަގީގީ ދިރިއުޅުމުގައި ވެސް މި ދެމީހުންނަކީ ވަަރަށް ގާތް ދެ ރައްޓެހިންނެވެ. އެ ގުޅުމުގެ ވަރުގަދަކަން އެނގިގެންދަނީ އެކިއެކި އިންޓަވިއުތަކުންނާއި، ހަފްލާތަކުންނެވެ.

އެގޮތުން އެއްފަހަރަކު އިންޓަވިއުއެއްގައި، ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަން އާއި ޝާހްރުކް ޚާނާ ދެމެދު އެކުވެރިކަން އޮވޭތޯ ސުވާލުކުރުމުން ޝާހްރުކް ވަނީ ވަރަށް ފުރިހަމަ ޖަވާބެއް ދީފައެވެ. އޭނާ ބުނީ، އަޖޭއަކީ ވެސް އެކުވެރިއެއް ކަމަށާއި، ކާޖޮލް އާއި ޝާހުގެ ގުޅުން އޭނާއަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި އެ ގުޅުމަށް އަޖޭ އިހުތިރާމް ކުރާކަމަށް ޝާހު ވަނީ ބުނެފައެވެ.

“އަހަންނާ އަޖޭއަކީ އެކުވެރިންނަށް ވިޔަސް، އެކަކު އަނެކަކާ މާގިނައިން ވާހަކަދައްކާ ބައެއް ނޫން. ހަގީގީ ދިރިއުޅުމުގަ ދެމީހުންނަކީ ވެސް މަޑުމައިތިރި މީހުންނަށް ވީމަ ކަންނޭނގެ. އެކަމަކު، ރޭގަނޑު ދަންވަރު ކަމެއް ދިމާވިޔަސް އަހަރެން އަޖޭއަށް ގުޅާފަ ބުނަން ކާޖޮލް އާ މަޝްވަރާއެއް ކޮށްލަން ބޭނުމޭ، އޭނަ ގެނެސްދީފާނަންހޭ. ހަމަ ބުނާއިރަށް އަޖޭ އަންނާނެ ކާރުގަ ކާޖޮލް ގޮވައިގެން އަހަރެމެން ގެއަށް”، ޝާހްރުކް ކިޔައިދިނެވެ.

މީގެ އިތުރުން ޝާހު ބުނީ، ކާޖޮލްގެ ބައްޕަ މަރުވި ހަބަރު ދޭން އަޖޭ އެންމެ ފުރަތަމަ ގުޅީ ވެސް އޭނާއަށް ކަމަށެވެ. އަދި ކާޖޮލް އަށް ހިތްވަރުދޭން އައުމަށް އޭނާ ކައިރިން އެދުނު ކަމަށް ބުންޏެވެ. “އަހަރެން އެއާޕޯޓަށް ދަނިކޮށް އެ ހަބަރު ލިބުނީ. އަޖޭ އެދުނީ ކަރަން ޖޯހަރް ގޮވައިގެން އައުމަށް. އެއީ ކޮންމެހެން، އެމީހުންނަށް އެހީވާން އިތުރު ބައެއް ނެތިގެންނެއް ނޫން އެކަމަކު އަހަރެމެންނަކީ ގާތް ރައްޓެހިންނަށް ވީތީ”.

މި ހުރިހާ ކަމަކަުން އެނގިގެންދަނީ، ފިލްމު “ކުޗްކުޗް ހޯތާހޭ” ގައި ފެނުނު ފަދަ ވަރުގަދަ އެކުވެރިކަމެއް ހަގީގީ ދިރިއުޅުމުގައި ވެސް ޝާހްރުކް އާއި ކާޖޮލްގެ މެދުގައި އޮންނަ ކަމެވެ. އަދި ދެމީހުން އެހެން މީހުންނާ ކައިވެނިކޮށްގެން ދަރިން ލިބި ވަކި ދިރިއުޅުމެއްގައި އުޅުނަސް، ކަމެއް ދިމާވާ ވަގުތު އެކަކު އަނެކަކުގެ އެންމެ ކައިރީގައި ހުންނަ ކަމެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!