މިއީ އާލިއާ ބަޓްގެ ރީތިކަމުގެ ސިއްރުތައް، މިކަންކަން ކޮންމެހެން ވެސް ކުރަންވާނެ!

ބޮލީވުޑްގެ ޒުވާން ރީތި ބަތަލާ އާލިއާ ބަޓް، އޭނާގެ ރީތިކަމުގެ ސިއްރުތައް ހިއްސާކޮށްފިއެވެ.

އާލިއާއާ ހަވާލާދީ ‘ޓައިމްސް އޮފް އިންޑިއާ’ އިން ވަނީ އެކަންތައްތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދީފައެވެ. އޮމާން، އުޖާލާ ހަންގަނޑު ދެމެހެއްޓުމަށް އާލިއާ ކުރާ ކަންތައްތަކަކީ ނިކަން ފަސޭހައިން ކޮންމެ މީހަކަށް ވެސް ކުރެވޭނެ ކަންތައްތަތަކެވެ. ތިރީގައި މި ހިއްސާކޮށްލަނީ އެ “ޓިޕްސް” ތަކެވެ.

  1. މޫނު އެކްސްފޮލިއޭޓް ކުރުމަށް އާލިއާ ބޭނުންކުރަނީ ‘Fuller’s Earth’ ގެ ޕްރޮޑަކްޓުތަކެވެ.

2. ގޭގައި ވަގުތު ލިބިއްޖިއްޔާ އާލިއާ މޫނުގައި އުނގުޅަނީ ޤުދުރަތީ އެއްޗެހި ބޭނުންކޮށްގެން ހަދާ ފޭސް މާސްކެކެވެ. އެ މާސްކު ހެދުމަށް އާލިއާ ބޭނުންކުރަނީ މާމުޔާއި ފަޅޯ ނުވަތަ އޮރެންޖު ޕައުޑާ ކަމަށް ވަނީ ބުނެފައެވެ. އޭތި އުނގުޅައިގެން 15 މިނިޓު ހުންނަކަމަށް އޭނާ ބުނެއެވެ.

3. ކޮންމެހެނެއް ހަދާފައި ވެސް ވަގުތު ހޯދައިގެން މޮއިސްޗަރައިޒާއެއް މޫނުގައި އުނގުޅާ ކަމަށް އާލިއާ ބުނެއެވެ. އެއީ ހަންގަނޑު ހިކި، އުޖާލާކަން ގެއްލުމުން ސަލާމަތް ކުރުމުގެ ގޮތުންނެވެ.

4. އާލިއާއަކީ މާ ގޮތްބޮޑުކޮށް މޭކަޕް ކުރާ ތަރިއެއް ނޫނެވެ. ގިނަ ހަފްލާތަކުގައި އޭނާ ފެންނަނީ ވަރަށް “ނެޗުރަލް ލުކް” އެއްގައެވެ. ހަމައެހެންމެ، އާންމުކޮށް ބޭރަށް ނުކުމެ އުޅޭއިރު އެއްވެސް ވަރަކަށް މޭކަޕް ނުކުރާ ކަމަށް ބުނެއެވެ.

5. ލޯކައިރި ފުފުމަކީ ވަރުބަލި ވެފައިވާ ކަމުގެ ހެއްކެކެވެ. އެކަމުން ސަލާމަތްވުމަށް އާލިއާ ލޯކައިރީގައި އުނގުޅަނީ އައިސް ކިއުބެވެ.

6. މޫނުގެ ހަންގަނޑާ ބެހޭގޮތުން އާލިއާ ދޭން އޮތް އެންމެ ރަނގަޅު ނަސޭހަތަކީ، ރޭގަނޑު ނިދަން ދަމުން މޫނުގައި އެއްވެސް ކަހަލަ އެއްޗެއް ނޫނގުޅުމެވެ. ބައެއް މީހުން “ނައިޓް ކްރީމް” އުނގުޅިޔަސް އާލިއާ އެކަމާ މުޅިން ދެކޮޅެވެ. ސަބަބެއް ކަމަށް އޭނާ ބުނަނީ، ކޮންމެވެސް އެއް ވަގުތަކު މޫނުގެ ހަންގަނޑު “ނޭވާލުމަށް” ފުރުސަތު ދޭންޖެހޭނެ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!