ސުޝާންތާ ދެކެވުނު އެންމެ ފަހު ވާހަކަ ހަނދާންވުމުން ގައިން ހީބިހާ ނަގާ: ރެމޯ ޑި ސޫޒާ

ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރަށް އެއްއަހަރު ވާން ކައިރިވެފައި ވަނިކޮށް، މަޝްހޫރު ކޮރިއޯގްރާފަރު އަދި ޑައިރެކްޓަރު ރެމޯ ޑި ސޫޒާ އޭނާގެ ހަނދާން އާކޮށްފިއެވެ.

‘ޓައިމްސް އޮފް އިންޑިއާ’ އާ ވާހަކަދައްކަމުން ރެމޯ ވަނީ ސުޝާންތާ ދިމާވި އެންމެ ފަހު ފަހަރު ދެކެވުނު ވާހަކަ ހާމަކޮށްފައެވެ. އޭނާ ބުނީ އެއީ “ޑާންސް ޕްލަސް” ޝޯގެ ތެރެއިން ކަމަށާއި، އެދުވަހު ސުޝާންތު ރެމޯ ކައިރީ ދެއްކީ ނަށާ ފިލްމެއްގައި މަސައްކަތްކުރަން ބޭނުންވާ ވާހަކަ ކަމަށެވެ.

ރެމޯ ފަނޑިޔާރުކަން ކުރާ “ޑާންސް ޕްލަސް” ޝޯގެ އެ އެޕިސޯޑުގައި ސުޝާންތު ބައިވެރިވީ އޭނާ ކުޅެފައިވާ ފިލްމެއް ޕްރޮމޯޓުކުރާށެވެ. އެ ޝޯގެ ސެޓުން ދިމާވެގެން ރެމޯއާ ސުޝާންތު ވާހަކަދެއްކި އިރު ވަނީ، ރެމޯ ހަދާ ނަށާ ފިލްމެއްގައި މަސައްކަތްކުރަން ޝައުގުވެރިވާކަން ފާޅުކޮށްފައެވެ.

“އޭނަ އަހަންނާ ދިމާއަށް ބުނީ ސާރ އަށް އެނގެއެއް ނޫންހޭ ތިމަންނަ އަކީ ނަށަން މޮޅު މީހެއް ކަން، ތިމަންނަ ލައިގެން ނަށާ ފިލްމެއް ހަދަން ވީ ނޫންހޭ”، އެވާހަކަ ހަނދާން ކުރަމުން ރެމޯ ބުނީ، ސުޝާންތު އެދުނު ފަދައިން އެކަން ކުރެވުނު ނަމައޭ ހިތަށް އަރާ ކަމަށެވެ. “މިހާރު އެދުވަސް ހަނދާންވީމަ ގައިން ހީބިހި ނަގާ”، ރެމޯ ބުނެފައިވެއެވެ.

ރެމޯ ބުނީ ސުޝާންތަކީ ނެށުމުގެ ހުނަރު ހުރި އެކްޓަރެއް ކަމަށެވެ. އަދި ސުޝާންތު ކުރިން “ޖަލަކް ދިކް ލާޖާ” ޝޯގައި ބައިވެރިވިއިރު އެޝޯ ކާމިޔާބުނުކުރެވުމުން ރެމޯ ހައިރާންވި ކަމަށް ބުންޏެވެ. “އޭނާއަށް ހައްގު އެ ޝޯގެ އެއްވަނަ”، ރެމޯ ބުންޏެވެ.

ސުޝާންތު ދަންޖެހިގެން މަރުވެފައިވަނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. އެ ޙަބަރާއެކު މުޅި ބޮލީވުޑް ވަނީ ހިލުވާލައިފައެވެ. އަދި މިއަދާ ހަމައަށްވެސް ސުޝާންތުގެ ފޭނުން ދަނީ އޭނާގެ ހަނދާން އާކޮށް، ޓްވިޓާގައި ސުޝާންތުގެ ނަން ޓްރެންޑު ކުރަމުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!