ރައީސް ނަޝީދުގެ އިތުރު ސާޖަރީއެއް ހަދައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އާއި ގުޅިގެން ޖަރުމަންވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވާއިރު މިއަދުވެސް އެމަނިކުފާނުގެ އިތުރު ސާޖަރީއެއް ކޮށްފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.

ނަޝީދުގެ އާއިލާ އިން ބުނީ ހަމަލާއާ ގުޅިގެން ފަޔަށް ލިބިފައިވާ ޒަހަމަކާއި ގުޅިގެން މިއަދު ސާޖަރީއެއް ކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން އޭޑީކޭގައި ވެސް ނަޝީދު ގިނަ ސާޖަރީތަކެއް ކޮށްފައިވާއިރު، އިތުރު ފަރުވާ އަށް މިދިޔަ މަހުގެ މެދުތެރޭ އެމަނިކުފާނުގެ ވަނީ ޖަރުމަނުވިލާތަށް ވަޑައިގެންފައެވެ. އަދި މިދިޔަ މަހުގެ 21 ވަނަ ދުވަހު ފަރުވާ ހޯއްދަވަމުން ގެންދެވި ޖަރުމަނުވިލާތުގެ މިލިޓަރީ ހޮސްޕިޓަލުން ދޫކޮށްލެއްވި ނަމަވެސް ނަޝީދުގެ ފަރުވާގެ ކަންކަން އަދިވެސް ދަނީ ކުރިއަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ފަސް މީހަކު ވަނީ ހައްުޔަރުކޮށްފައެވެ. އެ ހަމަލާއަށް މިއަދަށް 37 ދުވަސް ވަނީ ވެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!