ޑރ.ޙުސައިންއަށް ރުހުންދޭން ކޮމިޓީން ފާސްކޮށްފި

މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް ޑރ.ޙުސައިން ރަޝީދު ޙަސަންއަށް ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

ފިޝަރީޒް މިނިސްޓަރު ކަމަށް ޑރ ހުސެއިން ރަޝީދު އައްޔަންކުރައްވާ އެންވަޔަރަންމަންޓް މިނިސްޓްރީއަށް އައިމިނަތު ޝައުނާ އައްޔަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކެބިނެޓަށް ބަދަލު ގެންނަވާފައިވަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހުއެވެ. އަދި އެ ދެބޭފުޅުންނަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވުމުން، މިނިސްޓަރ ޝައުނާއަށް ރުހުންދޭން ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އަދި މިިދޔަ ބުދަދުވަހު މިނިސްޓަރ ޝައުނާއަށް މަޖިލީހުގެ ތަޅުމުން ރުހުން ދީފައިވެއެވެ.

ނަމަވެސް ފިޝަރީޒް މިނިސްޓަރ ޑރ.ޙުސައިން ރަޝީދަށް ރުހުންދިނުން ކޮމިޓީން ފަސްކޮށްފައިވަނީ، އަމިއްލަ ކުންފުންޏެއްގައި މިނިސްޓަރ ޙުސައިންގެ ހިއްސާ އޮތުމުންނެވެ. އެހެންކަމުން ދައުލަތުގެ ބަންޑާރަނާއިބުގެ ލަފައެއް ހޯއްދެވުމަށްފަހު ކޮމިޓީން މިއަދު ވަނީ ޑރ.ޙުސައިންއަށް ރުހުން ދެއްވާފައެވެ. ކޮމިޓީން އެމަނިކުފާނަށް ރުހުން ދެއްވާފައިވަނީ، އަމިއްލަ ކުންފުންޏެއްގައި އޮތީ މިނިސްޓަރ ޑރ.ޙުސައިންއަށް އާމްދަނީ ލިބޭ ހިއްސާއަކަށް ނުވާތީއެވެ.

ފިޝަރީޒް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަންއަށް ކޮމިޓީން ރުހުންދޭން ފެންނަ ކަމަށް ފާސްކޮށްފައިވާއިރު، އެމަނިކުފާނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވައި ވޯޓަށް އަހާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!