ޚާރިޖީ ޓީމުގެ މަސައްކަތާމެދު އަޅުގަނޑު ފަޚުރުވެރިވަން: މިނިސްޓަރު ޝާހިދު

އދގެ 76 އާންމު މަޖިލީހުގައި ދިވެހި ރާއްޖެއަށް  ލިބުނު ކާމިޔާބީއަކީ “ޓީމް ޚާރިޖީ”ގެ މަސައްކަތުގެ ނަތީޖާ ކަމަށާއި ޚާރިޖީ ޓީމުގެ މަސައްކަތާމެދު ފަޚުރުވެރިވާ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ބޭރުގެ މިޝަންތަކުގައި ތިއްބަވާ ބޭފުޅުންނާ ވަރޗުއަލްކޮށް ބައްދަލުކުރައްވައި ވިދާޅުވީ، ދިވެހިރާއްޖެއަށް މި ލިބުނު ކާމިޔާބީއަކީ، ޖަޕާނުގެ ޓޯކްޔޯއިން ފެށިގެން އެމެރިކާގެ މެންހަޓަންއާ ދެމެދު ހުރި ދިވެހި 17މިޝަނުގައި މަސައްކަތްކުރައްވާ “ޓީމް ޚާރިޖީގެ” ބުރަ އަދި އިޚްލާސްތެރި މަސައްކަތުގެ ނަތީޖާ ކަމުގައެވެ. ޓީމުގެ މަސައްކަތާމެދު އެމަނިކުފާނާއި މުޅި ދިވެހި ޤައުމު ފަޚުރުވެރިވާ ކަމުގައި ވިދާޅުވިއެވެ.

މިފަދަ މަސައްކަތެއް ކުރައްވަން ޖެހިވަޑައިގަތީ ދަތި ދުވަސްވަރެއްގައި ކަމަށް ވިދާޅުވިއެވެެ. ކޮވިޑުގެ ދަތިތަކުން އަރައިގަތުމަށާއި ޚާރިޖީ ގުޅުންތައް ބަދަހިކުރުމާއި، ރާއްޖެއަށް ބޭނުންވާ އެހީއާއި ވިޔަފާރީގެ ފުރުޞަތުތަކާއި އިންވެސްޓްމަންޓާއި ފަތުރުވެރިކަން ކުރިއެރުވުމަށް ދިވެހި މިޝަންތަކުން ކުރައްވާ މަސައްކަތް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!