ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ޚިދުމަތްތަކަށް ވަނީ ހެޔޮބަދަލުތަކެއް އައިސްފައި: އެޗްއާރުސީއެމް

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ޚިދުމަތްދޭ ސްޓާފުންގެ ޢަދަދު އިތުރުކޮށް، އެތަނުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އެޗް.އާރް.ސީ.އެމުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް މާލޭ ސަރަހައްދުގައި ޤާއިމުކޮށްފައިވާ ހުޅުމާލޭ މެޑިކަލް ފެސިލިޓީން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކާމެދު އާއްމުންގެ ގިނަ ކަންބޮޑުވުންތަކަކާއި މައްސަލަތަކެއް ސޯޝަލް މީޑިއާގައި ފެންމަތިވާން ފެށުމާގުޅިގެން އެޗް.އާރް.ސީ.އެމުން ވަނީ އެތަނުގެ ޙާލަތު ދެނެގަތުމަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ޒިޔާރަތްކުރައްވާފައެވެ. އަދި އެއަށްފަހު އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައިވަނީ ގިނަ ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ޚިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން އެޗް.އާރު.ސީ.އެމުން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޚިދުމަތް ދިނުމަށްޓަކާ ފެސިލިޓީގައި ހަރަކާތްތެރިވާ ސްޓާފުންގެ އަދަދު އިތުރުވެފައިވާކަމާއި، ބަލި މީހުން ފެސިލިޓީއަށް ގެންދިއުމުގެ ކުރިން ޞިއްޙީ ޚިދުމަތްދޭ އިތުރު މަރުކަޒުތަކުގައި ބަލި މީހުން ޓްރައޭޖްކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާކަމުގެ މަޢުލޫމާތު މުއައްސަސާތަކުން ހިއްސާކުރައްވާފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެފައިވެއެވެ. އަދި އެތަނުގައި މަސައްކަތްކުރާ ސްޓާފުން އިތުރުވުމުގެ ސަބަބުން ތަނުގައި އެނދުމަތިކޮށް ފަރުވާދޭ ބަލި މީހުންގެ ކަންތައްތައް ގާތުން ބަލައި، އެހީތެރިކަން ފޯރުކޮށްދޭކަންވެސް ކޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުންވެސް އެތަނުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަންވެސް މި ބައްދަލުވުމުގައި ބައިވެރިން ހިއްސާކުރެއްވި މަޢުލޫމާތުން ފާހަގަކުރެވުނު ކަމަށް ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!