އެމެރިކާގައި ރާއްޖެ އިސްތިހާރުކުރަން އެޤައުމުގެ ނޫސްވެރިން ރާއްޖޭގައި

ވިޒިޓް މޯލްޑިވްސްއިން އެމެރިކާގައި ރާއްޖެ އިޝްތިހާރުކުރުމަށް އެ ޤައުމުގެ ނޫސްވެރިން ރާއްޖެ ގެނެސްފިއެވެ. މިއީ އެމެރިކާގެ ނޫސްވެރިންނަށް އަމާޒުކޮށްގެން ވިޒިޓް މޯލްޑިވްސްއިން މިއަހަރު ކުރިއަށްގެންދާ ފުރަތަމަ ފެމިލިއަރައިޒޭޝަން ޓްރިޕްއެވެ.

ރާއްޖެ އިޝްތިހާރުކުރުމަށް އެމެރިކާ ނޫސްވެރިން ރާއްޖެ އައީ މިމަހުގެ 9 ވަނަ ދުވަހުއެވެ. މި ޓީމް ރާއްޖޭގައި މިމަހުގެ 16 ވަނަ ދުވަހާއި ހަމައަށް ތިބޭނެއެވެ. ވިޒިޓް މޯލްޑިވްސްއިން ބުނީ މި ދަތުރުގެ މައިގަނޑު މަޤްސަދަކީ އެމެރިކާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ އިޝްތިހާރުކުރުމާއި ރާއްޖެ އުފެދިފައިވާގޮތުން މި ދަނޑިވަޅުގައިވެސް ރާއްޖެއަކީ ދަތުރުކުރުން ރައްކާތެރި މަންޒިލެއްކަން އެޤައުމުގެ ނޫސްވެރިން މެދުވެރިކޮށް ފަތުރުވެރިންނަށް ބުނެދިނުންކަމަށެވެ.

މި ދަތުރުގައި އެމެރިކާގެ ނޫސްވެރިން ތިބުމަށް ހަމަޖެހިފައިވަނީ ރޮބިންސަން ކްލަބް ނޫނު، ލަކްސް ނޯތު މާލެ އެޓޯލް އަދި ކުރަމަތި ރިސޯޓް މޯލްޑިވްސް ރިސޯޓުގައެވެ. މި ދަތުރުގައި ނޫސްވެރިން ރާއްޖޭގެ ރިސޯޓްތަކުން ލިބެންހުރި ޚިދުމަތްތަކާއި، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަމާއި ގުޅޭގޮތުން ލިޔުންތައް ޝާއިއުކުރާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!