ފްރާންސްގެ ރައީސްގެ މޫނުފުޅުގައި ޖެހި މީހާ 4 މަހަށް ޖަލަށް

ފްރާންސް ރައީސް އެމަނުއެލް މެކްރޯން މޫނުފުޅުގައި ޖެހި މީހާ 4 މަހަށް ޖަލަށް ލުމަށް ފްރާންސްގެ ކޯޓުން ހުކުމް ކޮށްފިއެވެ.

ދަމިއެން ތަރެލް ނަމަކަށް ކިޔާ 28 އަހަރުގެ މި ފިރިހެން މީހާ، މެކްރޯންގެ މޫނުފުޅުގައި ޖަހާފައިވަނީ އަންގާރަ ދުވަހު އެމނިކުފާނު ސަޕޯޓަރުންނަ ސަލާމް ކުރައްވަނިކޮށެވެ.

ކޯޓުން އޭނާގެ މައްޗަށް 18 މަހުގެ ހުކުމެއް ކުރި ނަމަވެސް 4 މަސް ފަހުން ޖަލުން ދޫކޮށްލާނެއެވެ. ބާކީ 14 މަސްދުވަހު އެއްވެސް ކުށެއް ކޮށްފިނަމަ އެ ކުށަކާއެކު ބާކީ 14 މަަސްދުވަހުގެ ހުކުމެއް ތަންފީޒު ކުރަން އޭނާއަށް ޖެހޭނެއެވެ.

ތެރެލް ކޯޓުގައި ބުނެފައިވަނީ މެކްރޯން ފްރާންސްގެ ދެކުނުގެ ޑްރޯމް ސަރަހައްދަށް ވަޑައިގަތުމުގެ ކުރިން އޭނާ ވިސްނައިގެންހުރީ، ބިސް ނުވަތަ ކްރީމް ޒާތުގެ އެއްޗެއް ޖެހުމަށް ކަމަށެވެ.

ރައީސް މެކްރޯން ވިދާޅުވީ، ނަފްރަތާ އަނިޔާވެރިކަމަކީ ޑިމޮކްރެސީއަށް އޮތް ހުރަހެއް ކަމަށެވެ.

ތެރެލްގެ މައްޗަށް އުފުލީ، އިސްވެރިއަކަށް ހަމަލާ ދިނުމުގެ ކުށުގެ ދައުވާއެެވެ. މިފަދަ ދައުވާއެއްގެ ހުކުމަކީ ގިނަވެގެން 3 އަހަރު ދުވަހުގެ ޖަލު ހުކުމާކާއެކު 45،000 ޔޫރޯ އިން ޖޫރިމަނާ ކުރުމެވެ.

ސޯޝަލް މީޑިއާގައި އަންގާރަ ދުވަހު ދައުރުވަމުން އަންނަ މި ވީޑިއޯއިން ފެންނަ ގޮތުގައި، އެމަނިފާނު ތެއިން-އަލް ހަމިޓާރޖަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން، ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަށް ފެންސް ކައިރިއަށް ވަޑައިގަތުމުން އެތަނުން މީހަކުވަނީ ވަނީ އެމަނިކުފާނުގެ މޫނުފުޅުގައި ޖަހާފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!