އޮސްޓްރޭލިއާއިން މަތީ ތަޢުލީމާއި ތަމްރީނުގެ އިތުރު ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ދިވެހި ކިޔަވާ ކުދިންނަށް އޮސްޓްރޭލިއާއިން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދުމާގުޅޭގޮތުންނާއި، ދިވެހިރާއްޖޭގައި މަތީ ތަޢުލީމުގެ ދާއިރާގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ޑޭވިޑް ހޯލީއާއެކު ވަރޗުއަލްކޮށް ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުމުގައި އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ އިސްވެރިންނާއެކު އޮސްޓްރޭލިއާއިން މަތީ ތަޢުލީމާއި ތަމްރީނުގެ އިތުރު ފުރުސަތުތައް ހޯދުމާއި ރާއްޖޭގައި މަތީ ތަޢުލީމުގެ ދާއިރާގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕްގެ ދަށުން ރާއްޖެއަށް ދެމުންދާ ފުރުސަތުތައް އިތުރު ކުރުމާއި، ބެޗްލަރސް ޑިގްރީއަށް ކިޔެވުމަށް ދިވެހި ދަރިވަރުންނަށް ފުރުސަތު އިތުރުކުރުމާއި އަދި އިތުރު 1 ފުލް ސްކޮލަރޝިޕް ދިވެހިރާއްޖޭގެ ދަރިވަރުންނަށް ފަހިކޮށްދިނުން ހިމެނެއެވެ. އަދި އޮސްޓްރޭލިއާ އެވޯޑްސްއާއި އޮސްޓްރޭލިއާގެ ޔުނިވަރސިޓީތަކާއެކު ޕާޓްނަރޝިޕް ޕްރޮގްރާމެއްގެ ދަށުން ޔުނިވަރސިޓީތަކުން ޓިއުޝަން ފީ ހިލޭ ވުމުން ދިވެހި ސަރުކާރުން ދަރިވަރުންގެ ލިވިންގް އެލަވަންސްއަށް ޚަރަދު ކުރާގޮތަށް ޕްރޮގްރާމްއެއް ފެށުމަށްވެސް މަޝްވަރާކުރައްވާފައިވެއެވެ.

ހަމައެހެންމެ އޮސްޓްރޭލިއާ ޔުނިވަރސިޓީތަކުގައި ދިވެހި ދަރިވަރުންނަށް ހުރި ފުރުސަތުތައް ޕްރޮމޯޓް ކުރުމަށް އެޑިޔުކޭޝަން ފެއަރ އެއް ބޭއްވުމާއި، ކޯވިޑްގެ ޙާލަތް މެދުވެރިވުމާއިއެކު ރާއްޖޭގެ ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އިތުރު ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ ބޭނުންތެރިކަން ފާހަގަވެފައިވުމާއިއެކު، އެ ދާއިރާއިން ގްރޫޕް ޓްރެއިނިންތައް ހެދުމަށް އޮސްޓްރޭލިއާގެ ޔުނިވަރސިޓީތަކުގައި ހުރި ފުރުސަތުތައް ބަލައިދިނުމަށް މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ރާއްޖޭގެ އެކި ކަންކޮޅުގައި ޖޫނިއަރ ކޮލެޖް، ސްޓޭޓް އޮފް ދި އާޓް ޓިވެޓް ސެންޓަރ އަދި ޕޮލިޓެކްނިކް ކެމްޕަސްތައް ޤާއިމްކޮށް ހިންގުމުގެ ފުރުޞަތުތައް ހުޅުވިފައި އޮތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!