ދިވެހި އަންހެން ޓީޗަރަކު ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ދިވެހި އަންހެން ޓީޗަރަކު ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ނޯތް ޕޮލިސް ޑިވިޝަން (ނ، ފ، ބ، ޅ) ގަައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގަައި ހުރެ 16 އަހަރުގެ ފިރިހެން ކުއްޖަކަށް 25 އަހަރުގެ އަންހެނަކު ޖިންސީ ގޯނާކުރި މައްސަލައެއް އިއްޔެ ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ.

އަދި އިތުރު ކުދިންތަކަކަށްވެސް އެ އަންހެން މީހާގެ ފަރާތުން ޖިންސީ ހާނިއްކަ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!