މުމްބާއީއަށް ބޯކޮށް ވާރޭވެހި، އިމާރާތެއް ވެއްޓުމުގެ ސަބަބުން 11 މީހުން މަރުވެއްޖެ

އިންޑިއާގެ މުމްބާއީއަށް ބޯކޮށް ވާރޭވެހި، އިމާރާތެއް ވެއްޓުމުގެ ސަބަބުން 11 މީހުން މަރުވެއްޖެއެވެ.

އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާގޮތުގައި، ބުދަ ދުވަހު ބޯކޮށް ވާރޭވެހި، މީހުން ދިރިއުޅޭ ދެ އިމާރާތެއް ވެއްޓި ހިނގި މިހާދިސާގައި މަރުވި 11 މީހުންގެ ތެރޭގައި 8 ކުޑަކުދިންވެސް ހިމެނެއެވެ. އަދި އިތުރު 8 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އެ ސަރަހައްދުގައި އިތުރު ބަޔަކު ތާށިވެފައި ތިބިތޯ ބެލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ހާދިސާ ހިނގާފައިވަނީ މެންދަމުގެ ވަގުތެއްގައި ކަމުން، ގިނަ ބަޔަކު އިމާރާތުގެ ތެރޭގައި ތާށިވެފައިވުން އެކަށީގެންވާ ކަމަށް އޮފިޝަލުން ބުނެއެެވެ.

މިހާރު ކުރަމުން މިދާ ވިއްސާރައިގެ ސަބަބުން މުމްބާއީގެ އެކި ހިސާބުތަކުގައިވަނީ ފެން ބޮޑުވެފައެެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!