ކޮވިޑުގައި މަރުވާ މީހުންގެ ނިސްބަތުން ގިނައީ ފިރިހެނުން: ޑރ. ޝަހީދު

ކޮވިޑް-19 ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވި މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ފިިރިހެނުން ކަަމަށާ މުޅި ދުނިޔޭގަައިވެސް ކޮވިޑް ޖެހިގެން މަރުވި މީހުންގެ ތެރޭގައި ގިނަައީ ފިރިހެނުން ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް އިން ބުނެފި އެވެ.

އެޗްއީއޯސީގެ މިއަދުގެ ނޫސްވެރިންގެ ބައްދަލްވުމުގައި ޓެގް ޓީމުގެ މެންބަރު ޑރ. އަހުމަދު ޝަހީދު ވަނީ ކޮވިޑް މަރުތަކާއި ގުޅޭ ތަފްސީލީ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ. ކޮވިޑްގައި ރާއްޖެއިން މިހާތަނަށް މަރުވީ 191 މީހަކު މަރުވެފައެވެ. ތަފާސް ހިސާބުތަކާއި ހަވާލާދީ ޝަހީދު ވިދާޅުވީ އޭގެ ތެރެއިން 60 ޕަސެންޓަކީ ފިރިހެނުން ކަމަށެވެ. 40 ޕަސެންޓަކީ އަންހެނުން ކަމަށްވީއިރު ކޮވިޑްގައި މުޅި ދުނިޔެއިން މިހާތަނަށް މަރުވި މީހުންގެ ތެރެއިންވެސް ގިނައީ ފިިރިހެނުން ކަމަށް ޝަހީދު ވިދާޅުވިއެވެ.

ޝަހީދު ވަނީ މި އަހަރުގެ އޭޕްރީލް 28 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން މަރުވި މީހުންގެ އުމުރުފުރާތަކާއި އެ މީހުން ފަރުވާ ހޯދަމުން އައި ބަލިތަކުގެ ތަފްސީލްވެސް ހިއްސާ ކުރައްވާފައެވެ. މި މުއްދަތުގައި 111 މީހަކު މަރުވިއެވެ.

އޭގެ ތެރޭގައި ހިމެނެނީ 80 އަހަރުން މަތީގެ 30 މީހަކާއި 65 އަހަރާއި 80 އަހަރާ ދެމެދުގެ 37 މީހަކު ހިމެނެއެވެ. މަރުވި މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ 65 އަހަރުން މަތީގެ މީހުންނެވެ. 30 ޕަސެންޓް މީހުންނަކީ 40 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނެވެ. 20 ޕަސެންޓް މީހުނަކީ 40 އަހަރުން ދަށުގެ މީހުންނެވެ.

މަރުވި މީހުންގެ ތެރެއިން ގިިނަ މީހުންނަކީ ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތައް ހުރި ހައިރިސްކު މީހުންނެވެ. އެ މީހުންގެ ތެރޭގައި އެންމެ ގިނައީ ލޭމައްޗަށް ދިއުމާއި ހަކުރު ބައްޔާއި ހިތުގެ ބަލީގެ އިތުރުން ސްޓްރޯކް އަދި ކިޑްނީގެ ބަލިތައް ހުރި މީހުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!