ޙޯރަފުށި އެއާޕޯޓް

ހޯރަފުށި އެއާޕޯޓް މަރާމާތުކޮށް ނިންމާލައިފި

މޫސުން ވަރަށް ބޮޑަށް ގޯސްވެ ރާޅު އަރައި ގެއްލުވި ހއ. ހޯރަފުށި އެއާޕޯޓް މަރާމާތުކޮށް ނިންމާލައިފި އެވެ.

މިދިޔަ މެއި މަހުގެ ކުރީކޮޅު ކުރި ވިއްސާރައިގައި ހޯރަފުށި އެއާޕޯޓަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ.

ހޯރަފުށި އެއާޕޯޓް މަރާމާތުކުރުމުގެ މަސައްކަތް ކުރީ އެ އެއާޕޯޓް ހެދި ކުންފުނި ކަމަށްވާ އެމްޓީސީސީންނެވެ. އެކުންފުނިން ބުނީ މަރާމާތުގެ މަސައްކަތްތައް ނިންމާލީ މިދިޔަ އަންގާރަ ދުވަހު އެވެ.

ހޯރަފުށި އެއާޕޯޓަށް ރާޅު އެރުމުގެ ސަބަބުން ރަންވޭމަތީގައި އެއްކޮށް ފެން ބޮޑުކޮށްލި އެވެ. އަދި މޫސުން ގޯސްވެގެން ޕެސެންޖާ ޓާމިނަލްގެ ބައެއް ވެސް ވެއްޓުނެވެ. އެގޮތުން ސެލްކޯންގަނޑު ކަނޑައިގެން ގޮސް އެއާޕޯޓުގެ ބިއްލޫރި އާއި އެލްމެނިއަމް ފަތިން ހަދާފައިވާ ބިތްގަނޑު ވަނީ ވެއްޓިފަ އެވެ. ވެއްޓުނު ބިއްގަނޑުގައި ހުރި ބިއްލޫރިތައް ވަނީ ފުނޑުފުޑު ވެފަ އެވެ.

ހޯރަފުށި އެއާޕޯޓަށް ބޮޑެތި ގެއްލުން ތަކެއް ވެގެން ދިޔައިރު އެއާޕޯޓް އޮތީ އިންޝުއަރެންސް ވެސް ހަމަވެފަ އެވެ.

ދައުލަތުގެ ބަޖެޓުން 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހޯރަފުށި އެއާޕޯޓް ނިންމާ ހުޅުވާފައިވަނީ މިދިޔަ ނޮވެމްބަރު މަހު އެވެ. މިއީ މި ސަރުކާރުގެ ފުރަތަމަ އެއާޕޯޓެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!