ސިހުރެއް ބާތިލްކުރަން އުޅެގެން ގާޒީއަކަށް ފިޔަވަޅު އަޅައިފި

ބ. އޭދަފުށީ މެޖިސްޓްރޭޓު ކޯޓުގެ ގޯތިތެރޭގައި ހުއްދަ ނުހޯދައި ކޮށްގެން ނުވާނެ ކަމެއް ކުރި ކަމަށް ބުނެ އެ އަތޮޅު ދަރަވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓަށް ފިޔަވަޅު އަޅަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދަރަނަވަންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓު އަހުމަދު ލަތީފު، އޭދަފުށީ މެޖިސްޓްރޭޓު ކޯޓުގެ ގޯތިތެރެއަށް ވަދެވަޑައިގެން، ހުއްދަ ހޯދައިގެން ނޫނީ ކުރައްވައިގެން ނުވާނެ ކަމެއް ކުރައްވާފައިވާތީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ލަތީފު ވަނީ އޭދަފުށީ މެޖިސްޓްރޭޓު ކޯޓުގެ ގޯތިތެރެއަށް ހުއްދަ ނެތި ވަދެވަޑައިގެން، އެ ތަނަށް ފެން އަޅައިފަ އެވެ. އެކަން ކުރެއްވީ، އޭނާގެ މައްޗަށް ހަދާފައިވާ ކަމަށް ބުނާ ސިހުރެއް ބާތިލު ކުރުމަށް ކަމަށް އެނގިފައި ވެ އެވެ.

އެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅުމުން އެކަން ބަލައި، އެ ކޮމިޝަނުން ނިންމާފައި ވަނީ އޭނާ އަށް ނަސޭހަތް ދިނުމާއެކު ތަމްރީނު ޕްރޮގްރާމެއް ހެދުމަށް އެންގުމަށެވެ. އެގޮތަށް ނިންމީ މި މަހުގެ ދެވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!