އެމްއޯސީގެ ރައީސަކަށް ޗަމްޕީ އިންތިޚާބްކޮށްފި

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސަކަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އިންތިޚާބުކޮށްފިއެވެ.

ކުޅިވަރުގެ އެންމެ ނުފޫޒުގަދަ އެއް ޖަމިއްޔާކަމަށްވާ އެމްއޯސީގެ ރައީސަކު ހޮވުމަށް މިއަދު ބޭއްވި އިންތިޚާބީ ޖަލްސާގައި 18 ވޯޓްގެ ތެރެއިން 11 ވޯޓް ޗަންޕީއަށްވަނީ ލިބިފައެވެ. ޗަންޕީއާ ވާދަކުރެއްވި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ)އަށް ލިބިފައިވަނީ 7 ވޯޓްއެވެ. އެފްއޭއެމްގެ ސީނިއަރ ނައިބު ރައީސް އަލީ އުމަރުވަނީ އެމްއޯސީގެ ރައީސް ކަމަށް ވާދަކުރެއްވުމަށް ނިންމެވުމަށްފަހު، އިންތިޚާބްގެ އެއްދުވަސް ކުރިން ނަން ނަގާފައެވެ.

އެމްއޯސީގެ ރައީސްގެ މަގާމަށް ކުރިމަތިލާފައިވާ މޫސާ ނާޝިދު އަންނަނީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން ބީޑަބްލިއުއެފްގެ ކައުންސިލް މެމްބަރުކަމާއި ބެޑްމިންޓަން އޭޝިއާ އާއި ދެކުނު އޭޝިއާގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ އިތުރުން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެވެސް ރައީސްގެ މަގާމްވެސް ފުރަމުންނެވެ. ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރުވަނީ ފީނާގެ ޑިވެލޮޕްމަންޓް އެންޑް ފައިނޭންސް ކޮމިޓީގައި މަސައްކަތްކޮށްފައެވެ.

އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމަށް އިންތިޚާބްވެފައިވަނީ ހޭންޑް ބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު އިސްމާއިލް އާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލްއެވެ. އަހުމަދު އިސްމާއީލަށް 14 ވޯޓު ލިބިފައިވާއިރު، ތޮލާލް އަށް 15 ވޯޓު ލިބިފައިވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!