އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ

އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅާފައިވާ “މެއި ހައެއް ގަރާރު” އަށް ގޮތެއް ނިންމުމަށް އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފި އެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މިބައްދަލުވުން ފެށުމަށް ހަމަޖައްސާފައިވަނީ މިރޭ 9:00 ޖަހާއިރު އެވެ.

މިރޭ ގޮތްތަކެއް ނިންމުމަށް ހަމަޖައްސާފައިވާ ގަރާރަކީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ބައިވެރިވި މީހުންނާއި، ހަރަދުކުރި މީހުންނާއި، ހިތްވަރުދީ ވާގިވެރިވި މީހުން ގާނޫނީ އިމުގެ ކުރިމައްޗަށް ގެނައުން ލަސްވާތީ އެކަން ބެލުމަށާއި ހަމަލާ ހިނގި ގޮތް ސާފުކުރުމަށް އެމްޑީޕީގެ ތެރެއިން ކޮމިޓީއެއް އުފައްދަން ހުށަހެޅި ގަރާރެކެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވެ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!