ކޮންޓެކްޓް ޓްރޭސިން އަލުން ހަރުދަނާކުރަނީ

ކޮވިޑް-19 ގެ ކޭސްތައް 1،000 އިން މައްޗަށް ދިއުމާ އެކު، ހަމައެކަނި ހައި ރިސްކު މީހުން އެކަނި ދެނެގަންނަ ގޮތަށް ހަމަޖެއްސި ނަމަވެސް އަލުން އެ މަސައްކަތް ހަރުދަނާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ މެމްބަރު ޑރ. އަހުމަދު ޝަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދަށްވެފައި ވާތީ ކޮންޓެކްޓް ޓްރޭސިން ހަރުދަނާ ކުރެވޭނެ ކަމަށެވެ.

“ކޮންޓެކްޓް ޓްރޭސިން އަށް ދަތިވެގެން ދިޔައީ ކޭސްތައް ވަރަށް ބޮޑަށް މަތިވެގެން ދިޔައިީމާ. ކޮންމެ މީހެއްގެ ވެސް އާންމުކޮށް ބަލައިލާއިރު އުޅޭނެ އެޓްލީސްޓް ފަސް ކޮންޓެކްޓް ނޫނީ އެއަށް ވުރެ ވެސް ގިނައިން. އެހެންވީމާ 1،000 އިން މައްޗަށް އަރައިގެން ދިޔައީމާ ކޮންޓެކްޓް ޓްރޭސިން އަށް ވަރަށް ބޮޑަށް ދަތިވެގެން ދިޔައީ.”

ޑރ. ޝަހީދު ވިދާޅުވިގޮތުގައި، ކޮންޓެކްޓް ޓްރޭސިން ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު އަމާޒަކީ 80 ޕަސެންޓް ކޮންޓެކްޓުން 24 ގަޑިއިރުގެ ތެރޭގައި ދެނެގަތުމެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވާ މީހެއްގެ ހުރިހާ ކޮންޓެކްޓުން 48 ގަޑިއިރުގެ ތެރޭގައި ހޯދުމުގެ އަމާޒުގައި ކުރިން އެ މަސައްކަތް ކުރިޔަސް، ކޭސްތައް އިތުރުވެ އެގޮތަށް އަމަލުކުރަން ދަތިވި ކަމަށް ވިދާޅުވި އެވެ.

ޑރ. ޝަހީދު ވިދާޅުވީ މިހާރު މާލެތެރެއިން ވެސް ވަކި އަދަދަކަށް ރެންޑަމް ސާމްޕަލް ނަގައި، އަމާޒަށް ވާސިލުވުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!