މާސްކް ނާޅާ އުޅުނު 253 މީހަކު ޖޫރިމަނާކޮށްފި

މާސްކް ނާޅައި އުޅުނު 253 މީހަކާއި ކާފިއުގަޑީގައި ކާފިއުއާ ހިލާފަށް ބޭރުގައި އުޅުނު 615 މީހަކު ޖޫރިމަނާކޮށްފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، “ޕޮލިސްގެ އެންފޯސްމެންޓް އަދަދުތަކަށް ބަލައިލާއިރު، މާސްކް ނާޅާ އުޅެގެން 253 ފަރާތެއް ޖޫރިމަނާ ކޮށްފައިވޭ. ކާފިއު ގަޑީގައި ކާފިއުއާ ހިލާފަށް ބޭރުގައި އުޅެގެން 615 މީހަކު ޖޫރިމަނާކޮށްފައިވޭ. އަދި  އެވަގުތުތަކުގެ ތެރޭގައި ވެހިކަލް ދުއްވުމުގެ ސަބަބުން 150 މީހުން  ޖޫރިމަނާކޮށްފައިވޭ” މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އެއް ފިހާރަ، ނަސޭހަތްތެރިވެ ރީއިވެލުއޭޓް ކުރެވޭނެކަން ވަނީ އެންގިފަކަމަށާއި، އަދި ޖުމުލަ 81 ވިޔަފާރިއެއް އިންސްޕެކްޓް ކުރިއިރު، ގަވައިދާ އެއްގޮތަށް 81 ވިޔަފާރިއެއް ކުރިއަށް ގެންދާތީ އެގޮތަށް ކުރިއަށް ދިއުމުގެ ހުއްދަ ދީފައިވާނެ ކަމަށެވެ.  

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!