މާލޭ މަސްމާރުކެޓް

މަސް މާރުކޭޓުގައި ތާޒާކޮށް މަސްވިއްކޭނެ ގޮތް ހަދައިފި

މާލޭގެ މަސް މާރުކޭޓުގައި ތާޒާކޮށް މަސް ވިއްކޭނެ ގޮތް ހަދައިފި އެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސް މާރުކޭޓުގައި މަސް ވިއްކާ އުސޫލަށް މިހާރު ބަދަލު ގެނެސް މަހުގެ ތާޒާކަން ދެމެހެއްޓޭ ގޮތަށް އަށިމަތީގައި ބަހައްޓައިގެން މަސް ވިއްކަން ފަށައިފައިވާ ކަމަށެވެ.

ތާޒާކޮށް މަސްވިއްކޭ ގޮތަށް ހެދިއިރު މީގެ ކުރިން މަސް ވިއްކަމުން ދިޔައީ އައިސް ފޮށިތަކުގަ އެވެ.

މަސްވެރިންނާ ގަނެވިއްކާ ފަރާތްތަކާ މާލޭ ސިޓީ ކައުންސިލްއިން މަޝްވަރާތައް ބޭއްވުމަށް ފަހު މަސް މާރުކޭޓުގެ ކަންތައްތައް ހަރުދަނާކުރަން އިތުރު ބަދަލުތައް ގެންނަން ވެސް ވަނީ ނިންމައިފަ އެވެ.

އެގޮތުން މަސް މާރުކޭޓާ ބެހޭ ގަވައިދެއް ހަދައި ތަންފީޒުކޮށް ގަވައިދުން މަހުގެ ސާމްޕަލް ނެގޭނެ ގޮތަށް ހަދައި މާރުކޭޓް ސާފުކުރާނެ އިންތިޒާމްތައް ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.

އޭގެ އިތުރުން ގުރުއަތު ނަގައިގެން އަށި ދޫކޮށް ކުދި މަސް ވިއްކާ ގޮޅިތަކުގައި ހުކުރު ދުވަހު ވެސް މަސް ވިއްކާނެ އިންތިޒާމްތައް ހަމަޖައްސައިދިނުން ހިމެނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!