Pharmacist accepting credit card by contactless payment. Woman purchasing products in the pharmacy. Pharmacist hands charging with credit card reader.

ވިސާ ކާޑުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ އުސޫލަށް އަމަލުކުރަން ފަށާ ތާރީހު ފަސްކޮށްފި

ވިސާ ކާޑު މެދުވެރިކޮށް ރާއްޖޭގައި ހިންގާ ޓްރާންސެކްޝަންތައް ދިވެހި ރުފިޔާއިން ސެޓްލް ކުރަން ފަށަން ނިންމާފައިވާ މުއްދަތު މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން ފަސްކޮށްފިއެވެ.

އެމްއެމްއޭއިން ކުރިން ކަނޑައަޅާފައިވާ ގޮތުންނަމަ މިބަދަލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރީލްމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް އެމްއެމްއޭއިން ބުނީ މިހާރު މިބަދަލަށް އަމަލުކުރަން ފަށާނީ އަންނަ އޮގަސްޓްމަހުގެ 15 ވަނަ ދުވަހުން ފެށިގެންކަމަށެވެ.

ވިސާއިން ދިވެހިރާއްޖޭގައި ‘ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް’ ގެ ހިދުމަތް ތައާރަފްކުރުމާއި ގުޅިގެން، ރާއްޖޭގައި ހިންގާ ބޭންކަކުން އިޝޫކޮށްފައިވާ ވިސާ ކާޑުތައް މެދުވެރިކޮށް ރާއްޖޭގައި ހިނގާ އެންމެހާ ކާޑު ޕޭމަންޓްތައް ބަލައިގަތުމުގައި ހަމައެކަނި ދިވެހި ރުފިޔާ ބޭނުން ކުރުމަށް އެމްއެމްއޭއިން ވަނީ އަންގާފައެވެ.

މި އެންގުން ތަންފީޒުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކާޑު ޕޭމަންޓް އެކުއަޔަރ ކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ ތެރޭގައި މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށާއި ރިސޯޓުތަކަށް ދަތުރުކޮށްގެން ކުރަންޖެހޭ މަސައްކަތްތަކެއް ހިމެނޭކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. އެހެންކަމުން މި ބަދަލަށް އަމަލުކުރުން ފަސްކުރީ ދިވެހިރާއްޖޭގައި ކޮވިޑް 19-ގެ ހާލަތު އިތުރަށް ގޯސްވެ، ރައްކާތެރިކަމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގައި އެފަދަ މަސައްކަތްތަކެއް ކުރުމުގައި ހިދުމަތްދޭ ފަރާތްތަކަށް ގޮންޖެހުންތަކެއް ހުންނާނެތީކަމަށް ވަނީ ބުނެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!