ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުވާން އިއުލާނުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. ގަމު މީހަކު ފުލުހަށް ހާޒިރުވާން އަންގާ އާންމުކޮށް އިއުލާނުކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާ އިއުލާނުކުރީ، ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީ އެވެ.

” ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ލ. ގަން،މަތިމަރަދޫ / ދުންފިނި، ޢަލީ ރަޝީދު (34އ) އަންގައި އިއުލާނުކުރަން. ” ފުލުހުންގެ އިއުލާނުގައި ވެއެވެ.

އޭނާ ފުލުހަށް ހާޒިރު ކުރަނީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށްކަމަށް ފުލުހުން ބުނެއެވެ. އޭނާ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން ޖެހެނީ މިމަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 14:00 އަށްކަމަށް ފުލުހުން ބުނެފައި ވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!