އަންނަ ހަފުތާގައިވެސް ޚިދުމަތް ދޭނީ އެޕޮއިންޓްމަންޓް އުސޫލުން: އެމްއެމްއޭ

އަންނަ ހަފުތާގައިވެސް ޚިދުމަތްދޭނީ އެޕޮއިންޓްމެންޓް އުސޫލުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭއިން މިއަދު އާންމު ކުރ އިއުލާނެއްގައި ބުނެފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، އެ އޮތޯރިޓިއާއި ބޭންކުތައް ހުޅުވާފައި ހުންނާނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގައި ކަމަށެވެ. އަދި، އެ ދުވަސްތަކުގައި އެ އޮތޯރިޓިން އާންމުންނަށް ޚިދުމަތްދިނުމާއި، ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00 އިން މެންދުރު 12:30 އަށް ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

އެމްއެމްއޭއިން ބުނީ ބޭންކިންގ ޚިދުމަތް ދެމުން ގެންދާނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިނޓްމަންޓް އުސޫލުން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!