ރިޝްފާ ބުނަނީ ފަރީލާގެ ހަޔާތުގެ ބައިވެރިއަކަށް އެންމެ ރަނގަޅުވާނީ މަހުޖަނެއް ކަމަށް!

ދިވެހި ފިލްމީ ދާއިރާގެ ހުނަރުވެރި އަދި ރީތި ދެ ބަތަލާއިން ކަމަށްވާ މަރިޔަމް ރިޝްފާ އާއި ފާތިމަތު ފަރީލާ (ފަރީ)، ބައިސްކޯފުގެ “ޑްރާފްޓްސް” ޝޯގައި ބައިވެރިވެ ގިނަ ވާހަކަތަކެއް ހިއްސާކޮށްފިއެވެ.

“ޑްރާފްޓްސް” އެންމެ ފަހުގެ އެޕިސޯޑުގައި ރިޝްފާއާއި ފަރީލާ ބައިވެރިވީ ގާތް ދެ ރައްޓެހިންގެ ގޮތުގައެވެ. އެގޮތުން މި ދެތަރިންނަކީ ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިންވެސް އެކުވެރިން ކަމަށް ބުނެއެވެ. ފަރީލާ ބުނީ އެދެމީހުން އެކުވެރިވީ އޭނާ ގޮމަ ގްރޫޕާއެކު ކޮންމެވެސް ތަނަކަށް ނަށަން ދިޔައިރު އެތަނުން ރިޝްފާއާ ދިމާވެގެން ކަމަށެވެ. އެ އިވެންޓު ހިންގުމާ ހަވާލުވެ ހުރި ރިޝްފާ ކަމަށް ފަރީލާ ބުންޏެވެ. އަދި އޭރު އުމުރުން 18 އަހަރު ކަމަށާއި، އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ދެގޮތެއްނުވެ ގާތް އެކުވެރިންގެ ގޮތުގައި ތިބިކަން ފާހަގަކޮށްފައިވެއެވެ.

ޝޯގެ ތެރެއިން ރިޝްފާއާ ކުރިމަތިވި އެއް ސުވާލަކީ، ފަރީލާއަށް ހަޔާތުގެ ބައިވެރިއެއް ހޯދައިދޭނަމަ ހޯދާނީ ކޮންކަހަލަ މީހެއްތޯއެވެ. މިއަށް ޖަވާބުދެމުން ރިޝްފާ ބުނީ، އެ މީހާ ހުންނަން ޖެހޭނީ ދޮންކޮށް، ހަށިގަނޑު ވަރުގަދަކޮށް ކަމަށެވެ. އަދި މުއްސަނދިކަމަކީ ކޮންމެހެންވެސް ހުންނަންޖެހޭނެ ސިފައެއްކަމަށް ރިޝްފާ ބުނެއެވެ. އެގޮތުން ބޮޑު ގަނޑުވަރެއް ކަހަލަ ގެއަކާއި، ސްވިމިންގ ޕޫލަކާ އެއްޗެހި އޮންނަންޖެހޭނެ ކަމަށާއި، އަމިއްލަ ޕްރައިވެޓް ޖެޓަކާއި ސަފާރީއެއް ވެސް އޮންނަންޖެހޭނެ ކަމަށް ރިޝްފާ ބުނެއެވެ. އެއަށް ރައްދުދެމުން ފަރީލާ ބުނީ ރިސޯޓެއް ވެސް ބޭނުން ކަމަށެވެ.

ހުނުމާއި ސަމާސާގެ ތެރެއިން އެކަކު އަނެކަކާ ސުވާލުކޮށް ފަރީލާއާއި ރިޝްފާ ވަނީ އެދެމެދުގައި އޮތް ގާތްކަން ދައްކުވައިދީފައެވެ. ދެމީހުން އެކުގައި ކުރަން ކުރިއަށް ރާވާފައި އޮތް އެންމެ ބޮޑު ކަމަކީ ޔޫރަޕަށް ދަތުރުކޮށްލުން ކަމަށްވެސް މި ޝޯގެ ތެރެއިން ހާމަކޮށްފައިވެއެވެ. މި ނޫނަސް މަޖާ، ގިނަ ވާހަކަތަކެއް ވަނީ ހިއްސާކޮށްފައެވެ.

ފިލްމީ ދާއިރާގައި ފަރީލާއާއި ރިޝްފާ އެކުގައި ވަނީ ޑްރާމާ ސިލްސިލާއެއްގެ މަސައްކަތްކޮށްފައެވެ. އެކަމަކު މިހާރު ފަރީލާ އެކްޓިންގ އާ ދުރުގައި ހުންނަތާ މިވަނީ އަހަރުތަކެއް ވެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!