ވާރޭ ވެހޭއިރު ކަރީނާ އެންމެ ކުރާހިތްވާ ކަމަކީ މިއީ

ވިއްސާރަ މޫސުމަކީ އެތައް ބައެއްގެ ހިތަށް ހިތްހަމަޖެހުން ގެނެސްދޭ މޫސުމަކަށްވާއިރު، އެ ލިސްޓުގައި ބޮލީވުޑް އެކްޓަރު ކަރީނާ ކަޕޫރު ވެސް ހިމެނޭކަން އޭނާ ހާމަކޮށްފިއެވެ.

އިންޑިއާއަށް ވިއްސާރައިގެ މޫސުން ފެށިގެން އުޅޭއިރު، ކަރީނާ މިއަދު އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ފޮޓޯއިން ދައްކުވައިދެނީ ވާރޭ ވެހޭއިރު އޭނާ އެންމެ ކުރާހިތްވާ ކަމެވެ. އެ ފޮޓޯއިން ފެންނަނީ ސައިތަށްޓަކާއި ބިސްކޯދެވެ. އަދި ފަހަތުން ވިއްސާރަ ވެހެމުންދާތަން ފެނިގެންދެއެވެ. “ވާރޭ، ބޯބޮން އަދި ސައި” ހިތްތަކަކާއެކީ ކަރީނާ ލިޔެފައިވެއެވެ. ބޯބޮން އަކީ އެ ފޮޓޯގައިވާ ބިސްކޯދުގެ ނަމެވެ.

ކަރީނާ ބުނީ އެއީ އެންމެ އުފާވެރި އިހުސާސް ކަމަށެވެ.

ކަރީނާ ކަޕޫރަކީ މީސްމީޑިއާގައި ވަރަށް ހަރަކާތްތެރި ތަރިއެކެވެ. އެގޮތުން އޭނާގެ އާންމު ދިރިއުޅުމުގެ ވަރަށް ބައިވަރު ކަންތައްތައް އިންސްޓަގްރާމްގައި ހިއްސާކުރަމުންދެއެވެ. މި ކަންތައްތަކަށް ފޭނުން ވަރަށް ޝައުގުވެރިވާކަން އަންގައިދެނީ ކަރީނާގެ ފޮލޯވަރުންގެ އަދަދުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!