ހިސާން ދަންޖައްސަންޖެހޭ ކަމަށް ސިޔާމް ބުނުމުން މަޢާފަށް އެދުމަށް އަންގައިފި

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު “ދަންޖައްސަން ޖެހޭ ކަމަށް”ވިދާޅުވި މައްސަލައިގައި އޭނާއަށް ނަސޭހަތް ދިނުމުގެ އިތުރުން، ހިސާންގެ ކިބައިން މާފަށް އެދެންޖެހޭ ކަމަށް މަޖިލީހުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ، ސިޔާމްގެ މައްސަލަ ހިސާން މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށެވެ.

އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އެކަން ކުށްވެރިކުރަށްވާ ކަމަށް އަފީފު ވިދާޅުވިއެވެ. އެ މައްސަލަ ބަލައި ދިނުމަށް އެދި، ފުލުހުންގެ އިތުރުން ޑިފެންސް މިނިސްޓްރީއަށް ހުށައަޅާފައިވާ ކަމަށް އަފީފް ވިދާޅުވިއެވެ. އަދި އެމައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށްވެސް ފޮނުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލާގައި މިއަދު ބޭއްވި މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީގައި، މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ހުށަހެޅުއްވީ ސިޔާމަށް ނަސޭހަތްތެރިވުމަށާއި މާފަށް އެދިވަޑައިގަތުމަށެވެ. އަދި ކޮމިޓީން ވަނީ އެގޮތަށް އެމައްސަލަ ނިންމާފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!