ދިރާސީ އަހަރު ނިމެންދެން މާލެ ސަރަހައްދު ހުރިހާ ސްކޫލެއްގެ ކިޔެވުން އޮންލައިންކޮށް

ދިރާސީ އަހަރު ނިމެންދެން ހުރިހާ ސްކޫލެއްގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ މާލެ ކޮވިޑްގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތީން، މިހިނގާ ދިރާސީ އަހަރު ނިމެންދެން މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ހުރިހާ ގްރޭޑްތަކުގެ ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ހިނގާ ދިރާސީ އަހަރު ނިމެނީ މި މަހު 24 ވަނަ ދުވަހު އެވެ. އަދި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހު އެވެ.

ކޮވިޑް19ގެ ކޭސްތައް އިތުރު ވުމާއި ގުޅިގެން މާލޭ ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދާ ގޮތަށް ބަދަލުކުރީ މެއި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެންނެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!