ބްރިޖު މަތީގައި ހިނގި އެކްސިޑެންޓަކަށް ދިޔަ ފުލުހުންގެ ވެހިކަލު އެކްސިޑެންޓުވެއްޖެ

ސިނަމާލެ ބްރިޖުގެ ހައިވޭގައި ހިނގި އެކްސިޑެންޓަކަށް ދިޔަ ފުލުހުންގެ ވެހިކަލެއްގައި ޕިކަޕެއް ޖެހި ފުލުހުންގެ ވެހިކަލް އަށް ގެއްލުންތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ ބްރިޖު ހައިވޭގައި ހިނގި އެކްސިޑެންޓަކާއި ގުޅިގެން އެތަނަށް ފުލުހުން ދިޔަ ވެހިކަލް މަޑުކޮށްގެން އޮއްވާ މާލެ އިން ހުޅުމާލެ އަށް ދުއްވާފައި ދިޔަ ޕިކަޕެއް ޖެހި އެކްސިޑެންޓުވެފައިވާ ކަމުގެ މައުލޫމާތު މިއަދުގެ 16:45 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި އެހެންނަމަވެސް ފުލުހުންގެ ވެހިކަލްއާ ޕިކަޕަށް ވެސް ގެއްލުންތައް ލިބުނު ކަމަށް ފުލުހުން ބުންޏެވެ. އަދި މިހާރު އެ ޕިކަޕު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!