ދައުލަތުގެ ވެރިންނަށް ގެދޮރު ހަމަޖެއްސުމުގެ އިސްލާހު ކޮމިޓީއަށް

ދައުލަތުގެ ދެ ބާރުގެ އިސްވެރިން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ހާއްސަކޮށްފައިވާ ރަސްމީ ގެކޮޅެއް ހަމައްޖެއްސުމުގެ އިސްލާހުގެ ބިލު ދިރާސާކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވަނީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އެ އިސްލާހުގައި ބުނެފައިވަނީ ދައުލަތުގެ ދެ ބާރާއި އެބޭފުޅުންގެ އާއިލާ ދިރިއުޅޭނެ ރަސްމީ ގެއަކާއި، އެ ގެއަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ.

އަދި އެ ގެއަށް ހިނގާނެ ހަރަދު ދައުލަތުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެއެވެ.

އެ ބިލު މަޖިލީހުން ބަލައިގަނެފައިވަނީ 51 މެމްބަރުންގެ ވޯޓުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!