މިއަދުގެ ދެވަނަ މަރު، އަދަދު 191ށް

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑް-19އަށް ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެ، މި ބަލީގަ މިއަދު ނިޔާވި މީހުންގެ އަދަދު 2 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 94 އަހަރުގެ ފިރިހެނަކާއި 77 އަހަރުގެ ފިރިހެނެއް ނިޔާވެފައިވާކަމަށެވެ.

ކޯވިޑް ޖެހިގެން މިއަދު ނިޔާވި 2 މީހުންނާއެކު ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 191 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ ހިމެނެނީ 174 ދިވެހިންނާއި 17 ބިދޭސީންނެވެ.

ރާއްޖޭގައި މިހާތަނަށް މިބަލީގައި އެއް ދުވަހެއްގެ ތެރޭގައި، އެންމެ ގިނަ މީހުން ނިޔާވެފައިވަނީ، މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނިވެސް 13 މީހަކު ނިޔާވިއެވެ. އަދި މެއި މަހަކީ މިހާތަނަށް އެންމެ ގިނަ މީހުން މިބަލީގައި ނިޔާވި މަސް ވެސް މެއެވެ. ހަމައެކަނި މެއި މަހު ކޮވިޑް ބަލީގައި 88 މީހުން ވަނީ ނިޔާވެފައެވެ.

Written by

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!