ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގައި މިހާރު ކުރިއަށް ދަނީ ޖިއޯ ބޭގްސްއަށް ވެލި އެޅުން

ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން، މިހާރު ކުރިއަށް ދަނީ ޖިއޯ ބޭގްސްއަށް ވެލިއެޅުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެފި އެވެ.

މި މަޝްރޫއުގެ ދަށުން، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 7،750 ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ޖިއޯ ބޭގްސްއަށް އެޅުމަށް 1،926 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، ރަށްގިރުމުން ސަލާމަތްކުރުމަށްޓަކައި 310 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

 މި މަޝްރޫއަކީ 10.02 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ކަމަށްވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!