މަޑުއްވަރީ ދެކުނު ބަނދަރު ގައު އެތުރުމުގެ މަސައްކަތް ނިމިއްޖެ

ރ އަތޮޅު މަޑުއްވަރީ ދެކުނު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ނިމިފައި ވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

މި މަޝްރޫއުގެ ދަށުން 7,280 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 65,520ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުން ހިމެނޭ ކަމަށެވެ. އަދި 411 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 566 މީޓަރުގެ ސަރަހއްދެއްގައި އެއްގަމުތޮށި ލުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

މަޑުއްވަރީ ދެކުނު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި، 2825 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނޭ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

މި މަޝްރުއުއަށް 68.66 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!