މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ހޮވުން މި މަހު 21 ގައި

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރަކު ހޮވުން މި މަހުގެ 21 ވަނަ ދުވަހު އޮންނާނެ ކަމަށް ބަޔާންކޮށް 14 ދުވަހުގެ ނޯޓިސްއެއް ހުރިހާ ކައުންސިލަރުންނަށް ފޮނުވައިފިއެވެ.

މިދޔަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ކައުންސިލަރުން ހޮވާފައިވާއިރު ސިޓީ ކައުންސިލްތަކުގެ ތެރެއިން މިހާރު ޑެޕިއުޓީ މޭޔަރަކު އައްޔަން ނުކޮށް އޮތީ މާލެ ސިޓީގެ އެކަންޏެވެ. މި މަގާމަށް މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ބޭފުޅަކު އައްޔަންކުރުމަށް އެލްޖީއޭއިން އަންގާފައިވާއިރު، މިމަހު 21 ގައި އެކަންކުރުމަށް ސިޓީ ކައުންސިލުން މިވަނީ ނޯޓިސް ދީފައެވެ. އެ ނޯޓިސް ދީފައިވަނީ ކައުންސިލަރުން ރަށުގައި ނޫޅޭނަމަ އިންތިޚާބުގެ ކުރިން 14 ދުވަސް ލިބޭ ގޮތަށެވެ.

ޑެޕިއުޓީ މޭޔަރަކު ހޮވަނީ ކައުންސިލަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ. މިހާރު އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ ފަރާތުން ހޮވިފައިވާ ކައުންސިލަރުންނެވެ. އެއީ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ އާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ނާސިރު އާއި ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން މާފަންނު މެދު ދާއިރާގެ މެމްބަރު އަހުމަދު ނަރީޝް އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!