މީޑިއާ ކައުންސިލުން ސުވާލު މުބާރާތެއް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މަސައްކަތަށް މީހުން ހޭލައްވަން ފައިސާގެ އިނާމު ދޭ ގޮތަށް ސުވާލު މުބާރާތެއް ބާއްވަން އެ ކައުންސިލުން ނިންމައިފި އެވެ.

“މޯލްޑިވްސް މީޑިއާ ކައުންސިލު ކުއިޒް 2021” ގެ ނަމުގައި ފަށާ މި ކުއިޒް އޮންނާނީ އަންނަ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މަސް ދުވަހަށެވެ.

މީޑިއާ ކައުންސިލުގެ ސުވާލު މުބާރާތުގައި އެއްވަނަ އަންނަ ފަރާތަކަށް 3000ރ. ދެ އެވެ. ދެ ވަނަ ހޯދާ ފަރާތަކަށް 2000ރ. ދޭއިރު ތިން ވަނައަށް 1000ރ. ދޭނެ އެވެ.

މި ކުއިޒްގައި ބައިވެރިވާން މިމަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެ އެވެ. އެ މުބާރާތުގެ ސުވާލުތައް ޝާއިއު ކުރާނީ އެމްއެމްސީގެ ފޭސްބުކް ޕޭޖުގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!