ޔަމީ ގޯތަމްގެ ރީތިކަމުގެ ސިއްރުތައް

ބަތަލާ ޔަމީ ގޯތަމަށް މިފަހުން ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ ކުއްލިއަކަށް ކައިވެނިކުރުމުންނެވެ. ކައިވެނީގެ ފޮޓޯތައް ޔަމީ ހިއްސާކުރުމާއެކު، ގިނަ ބަޔަކު ވަނީ އެ ހެދުމުގައި އޭނާ ފެންނަލެއް ވަރަށް ރީތިކަމަށް ބުނެފައެވެ. އަދި ޙާއްސަކޮށް، މާބޮޑު މޭކަޕެއް ނުކޮށް ހުރިއިރުވެސް ޔަމީގެ މޫނުމަތީގެ އުޖާލާކަމާއި އޮމާންކަމަށް ވަނީ އެތައް ބައެއްގެ ތަޢުރީފު ލިބިގެން ގޮސްފައެވެ.

ޔަމީގެ ރީތިކަމުގެ އެންމެ ބޮޑު ސިއްރަކީ އޭނާއަކީ އިންޑިއާގެ ހިމާޗަލް ޕްރަދޭޝް އަށް އުފަން މީހަކަށްވުމެވެ. އާންމުކޮށް އެހިސާބުގަނޑުގެ މީހުން ޤުދުރަތީ ގޮތުން ވަރަށް ރީތިވާނެއެވެ. އެހެނެއް ކަމަކު، އެ ރީތިކަން ދެމެހެއްޓުމަށް ޔަމީ ކުރާ މަސައްކަތް ވަކި ކުޑައެއް ނޫނެވެ. އެގޮތުން އޭނާ ވަނީ ރީތިކަން ދެމެހެއްޓުމަށް ކުރާ ކަންތައްތައް ‘ޓައިމްސް އޮފް އިންޑިއާ’ އާ ހިއްސާކޮށްފައެވެ. މިފަހަރު މި ފާހަގަކޮށްލަނީ އެ ކަންތައްތަކެވެ. އޭގެތެރޭގައި އޭނާ މޫނުގައި އުނގުޅާ އެކި ފޭސްޕެކްތައް ވެސް ހިމެނެއެވެ.

  • މޫނު ދޮވުމަށް ކާށިފެން ބޭނުންކުރުން
  • ހަނޑޫ ފުށާއި (ރައިސް ޕައުޑާ)، ޔޯގަޓް އަދި ކިރު އެއްކޮށްގެން ހަދާ ފޭސްމާސްކެއް މޫނުގައި އުނގުޅުން
  • ބައެއް ފަހަރު މާމުއި، ފިނިފެން (ރޯޒް ވޯޓާ)، ގްލިސެރިން އަދި ލުނބޯހުތް ބޭނުންކޮށްގެން ހަދާ ޕެކެއް މޫނުގައި އުނގުޅުން
  • އެސްފިޔަތައް ދިގުކުރުމަށް ކާސްޓާ އޮއިލް އާއި ވިޓަމިން އީ ތެޔޮ އަދި އެލޯވޭރާ އެއްކޮށްގެން އުނގުޅުން
  • އާންމުކޮށް މީހުން ބޭނުންކުރާ ލިޕް ބާމްގެ ބަދަލުގައި ޔަމީ ތުންފަތުގައި އުނގުޅަނީ ގިތެޔޮ (ގީ)
  • އިސްތަށިގަނޑު ރީތިކޮށް ދުޅަހެޔޮކޮށް ބެހެއްޓުމަށް ބިހުގެ ހުދު ބަޔާއި ޒައިތޫނި ތެޔޮ އެއްކޮށްގެން ކޮންމެ ހަފްތާއަކު ބޮލުގައި އުނގުޅުން

ޔަމީ ފަދަ ރީތިކަމެއް ބޭނުންވާ ނަމަ މިކަންތައްތަކުގެ އަޖުމަ ބަލައިލުން ރަނގަޅުވާނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!