ސާރާ އާއި މަންމަ އަމްރިތާގެ ޕްރޮޖެކްޓެއް

ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ޚާން، އޭނާގެ މަންމަ އަމްރިތާ ސިންގާއެކީ ޕްރޮޖެކްޓެއްގެ މަސައްކަތްކޮށްފިއެވެ.

ސާރާ އެކްޓިންގ އަށް ނުކުތީއްސުރެ ގިނަ ބަޔަކު އެންމެ ދެކެން ބޭނުންވީ އޭނާ މަންމައާއެކީ އެއް ފިލްމަކުން ފެންނާނެ ދުވަހެކެވެ. އެކަމަކު އަމްރިތާ ފިލްމީ ދާއިރާއާ ދުރުގައި ހުންނަތާ މިވަނީ ދުވަސްތަކެއް ވެފައެވެ.

މިފަހަރު ސާރާއެކީ އަމްރިތާ ކުރި މަސައްކަތަކީ ވެސް ފިލްމެއްގެ މަސައްކަތެއް ނޫނެވެ. ދެމައިން އެކުގައި ކުޅުނީ އިޝްތިހާރެކެވެ. ބެލެވޭ ގޮތުގައި މިއީ އިސްތަށިގަނޑާ ގުޅުންހުރި ޕްރޮޑަކްޓެއްގެ އިޝްތިހާރެކެވެ. މި އިޝްތިހާރު އަދި އާންމުކޮށްފައެއް ނުވެއެވެ. އެކަމަކު ސާރާ ވަނީ ކެމެރާގެ ފުރަގަހުގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

ސާރާގެ މައިންބަފައިން ކަމަށްވާ ސައިފް އަލީ ޚާނާއި އަމްރިތާ ސިންގާއެކު ފިލްމަކުން ފެނިދާނެތޯ މީގެކުރިން އިންޓަވިއުއެއްގައި ސުވާލުކުރުމުން އޭނާ ބުނީ ބައްޕައާއެކީ ފެނުނަސް، މަންމައާއެކީ ފެނުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެއް ކަމަށެވެ. ސާރާ މަންމައާއެކީ މަސައްކަތްކުރަން ކިތަންމެ ބޭނުންވިޔަސް މަންމަ އެގޮތް ބޭނުންނުވާނެ ކަމަށް ސާރާ ބުންޏެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!