ކޮވިޑް-19: މިއަދު ޕޮޒިޓިވްވީ 370 މީހުން

މިއަދު އިރުއޮއްސި 18:00 އާ ހަމައަށް ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އިތުރު 370 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި  4263 މީހުން އެ ބައްޔަށް ޓެސްޓުކޮށްފައިވާއިރު، ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރައްހަދުން 217 މީހަކާއި، އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްރަށުން 148 މީހަކާއި، ރިސޯޓުތަކުން 4 މީހަކާއި ހަދަމުންދާ ރިސޯޓުތަކުން އެކެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 68،872 އަށް އަރައިފައެވެ.

މިއަދަކީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދުވަހެވެ. އަދި މިމަހުގެ 4 ވަނަ ދުވަހަށް ފަހު އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރީ ވެސް މިއަދެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 1369 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު އެކްޓިވް ކޭސްގެ އަދަދު އުޅެނީ 17461 ގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!