ފޮޓޯ: ގޫގުލް

އެމްބިއުލާންސަށް ގުޅާ ހިސާބުން ބަލާ އަންނަން ދެން ހާލު ބަލަނީ

އެމްބިއުލާންސަށް ގުޅޭ ހިސާބުން ފެށިގެން ބަލައި އަންނަންދެން ބަލިމީހާގެ ހާލު ބަލަމުންދާ ގޮތަށް ހަމަޖައްސަން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މިއަދު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި އެމްބިއުލާންސްގެ ހިދުމަތްދޭއިރު މައްސަލަތައް ހުންނަ ކަމަށެވެ. އަދި ރާއްޖޭގައި ވެސް އެމްބިއުލާންސްގެ ހިދުމަތް ދެވިފައިވަނީ އެންމެ ރަނގަޅަށް ނޫން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެހެންކަމުން އެމްބިއުލާންސްގެ ހިދުމަތް މިހާރަށް ވުރެ ހަރުދަނާކޮށް ދިނުމަށް ރާވާފައިވާ ކަމަށް ވިދާޅުވި އެވެ.

“އަޅުގަނޑުމެން ރާވާފައި އޮތް ގޮތަކީ އެ އެންބިއުލާންސަށް ގުޅީއްސުރެ އެގެއަކާ ގުޅައިގެން ތަޖުރިބާކާރު ނަރުހުން ހާލު ބަލަަމުން ގެންދިއުން އެ އެމްބިއުލެންސް އެތަނަކަށް ހާޒިރުވަންދެން. އެހެންވީމާ ވާހަކަ ދައްކަމުންދާނީ ޕޭޝަންޓުގެ ހާލު ބަލަމުން ދާނީ. ދޭން ޖެހޭ އިރުޝާދުތައް ދެމުންގެންދާނީ. އެ ހިސާބުން އެމްބިއުލެންސް އެތަނަށް ދިޔައިމާ އެހިސާބުން ޕެރެމެޑިކް އޯވާޓޭކް ކުރާނީ،” މިނިސްޓަރު ވިދާޅުވި އެވެ.

އާ ސިޔާސަތުގެ ދަށުން ފުރަތަމަ ހަފްތާގައި ކުރިއަށް ގެންދާނީ ޓެސްޓް ބުރުތަކެއް ކަމަށާއި އަދި ދެވަނަ ހަފްތާގައި ހުރިހާ ރަައްޔިތުންނަށްވެސް ރަނގަޅު ހިދުމަތެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެމްބިއުލާންސްގެ ހިދުމަތް ހަރުދަނާކުރަން ނިންމިއިރު ކޮވިޑް ޖެހުނު އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާ މުހައްމަދު ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސްގެ ހިދުމަތް ނުދެވިގެން މިދިޔަ އަންގާރަ ދުވަހުގެ ރޭ ވަނީ މަރުވެފަ އެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ އެމްބިއުލާންސްގެ ހިދުމަތް ލަސްވީ ނޫން ކަމަށާއި އެމްބިއުލާންސާ ހަމައަށް މެސެޖު ދިޔުން ލަސްވީ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!