މިޝްކާގެ މައްސަލައިގެ ތަހުގީގު އަދި ނުނިމޭ ކަމަށް މިނިިސްޓަރު ވިދާޅުވެއްޖެ

މި މަހު ކުރީ ކޮޅު ކޮވިޑް ބަލީގައި މަރުވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާގެ މަރާ ގުޅިގެން ކުރާ ތަހުގީގް އަދި ނިމުނު ކަމަށް ނުދެންނެވޭނެ ކަަމަށް ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، މިހާރުވެސް މިޝްކާގެ މަރާ ގުޅިގެން ތަހުގީގެއް ކޮށް އެ ރިޕޯޓު އާންމު ކޮށްފައި ވާނެ ކަމަށެވެ. އަދިވެސް އިތުރު ތަހުގީތަކެއް ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މިހާރުވެސް ފިޔަވަޅުތަކެއް އަޅާ އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ދާ ކަމަށް މިނިސްޓަރު ނަސީމް ފާހަގަ ކުރެއްވިއެވެ.

ޖޫން 1، 2021 ދުވަހުގެ ރޭ 12:10 ހާއިރު މަރުވި މިޝްކާގެ ކޭސް އާ ގުޅިގެން އެތައް ބަޔަކު ވަނީ މިނިސްޓަރު ނަސީމް އިސްތިއުފާ ދިނުމަށް ވެސް ގޮވާލާފައެވެ. މިއާއެކު، ނަސީމް ވިދާޅުވެފައި ވަނީ އެ މައްސަލަ ބަލާއިރު މިނިސްޓަރު ނަސީމްގެ އިހުމާލެއް އޮތްތޯ ވެސް ބަލަމުންދާ ކަމަށާއި އިހުމާލެއް އޮތްނަމަ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

މިޝްކާގެ އާއިލާއިން ބުނެފައިވާ ގޮތުން މޭއި 31، 2021 ވަނަ ދުވަހުގެ ރޭ މިޝްކާގެ ހާލު ގޯސްވެ ނޭވާލާން އުނދަގޫވެ ނޭފަތުން ލޭ އަންނަން ފެށުމުން އެރޭ 09:00 ހާއިރު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ގުޅައި އެމްބިއުލާންސް ފޮނުވުމަށް އެދުނެވެ. ނަމަވެސް އެމްބިއުލާންސް އައިސްފައި ވަނީ އެތައް އިރަކު އެޗްޕީއޭއަށް އަދި އައިޖީއެމްއެޗަށް ގުޅިފަހުން އެރޭގެ 11:40 ހާއިރު ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. އެމްބިއުލާންސް އައި އިރު މިޝްކާ އޮތީ ހޭނެތިފައި ކަމަށާ ވިންދު ވެސް ނުލިބޭކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!