މި މަހު ކޮވިޑް ވެކްސިން ލިބޭނެ ކަމުގެ އުންމީދު އެބަ އޮތް: ރައީސް

މި މަހު ކޮވިޑް ވެކްސިން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެގޮތަށް ވިދާޅުވީ, ރައީސް އޮފީހުގައި އޮންލައިންކޮށް މިހާރު ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސް ވިދާޅުވީ މި މަހު ވެކްސިން ލިބޭނެ ކަމުގެ ޔަގީން ކަން އޮތް ނަމަވެސް މި މަހު ލިބެނީ ކޮން ވެކްސިނެއް ކަމެއް އަދި ކިހާ ވެކްސިނެއް ކަން ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ސިންގަޕޫރުގެ އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިންގެ ހަތްލައްކަ ޑޯޒް ގަންނަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހުއްދަ ދެއްވީ މިދިޔަ އަހަރުގެ އެންމެ ފަހު ދުވަހު އެވެ. މިނިސްޓަރުގެ ހުއްދައިގެ ދަށުން އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިންގެ ހަތް ލައްކަ ޑޯޒް ގަތުމަށް އެ ކުންފުންޏާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.

ރައީސް ވިދާޅުވީ އެމެރިކާ ސަރުކާރުން ވެސް ރާއްޖެއަށް ވެކްސިން ހަދިޔާކުރާނެ ކަމަށް ބުނެފައިވާތީ މިމަސް ނިމުމުގެ ކުރިން އެމެރިކާ އިން ހަދިޔާކުރާ ވެކްސިން ލިބޭނެ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!