ހިސާން ދަންޖައްސަންޖެހޭ ކަމަށް ސިޔާމް ބުނި މައްސަލަ ފުލުހަށް

ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން “ދަން ޖައްސަންޖެހޭ” ކަމަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ވިދާޅުވާ އޯޑިޑޯއެއް މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ ހިސާން ދަންޖައްސަން ޖެހޭ ކަމާއި އޭނާ މަރައިލިޔަސް ފާފަ ނުވާނެ ކަމަށް ސިޔާމް ވިދާޅުވި މައްސަލައެއް ހިސާންގެ ފަރާތުން މަޖިލިސް ރައީސްގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އެކަން ހިނގާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު މަޖިލީހުގެ 241 ކޮމިޓީ ބައްދަލުވުން ނިމުނު ވަގުތު ކަމަށާއި ހިސާންއާ މުހާތަބު ކުރައްވާ ވާހަކަ ދެއްކެވިގޮތް ކުށްވެރި ކުރައްވާ ކަމަށް އަފީފް ވިދާޅުވި އެވެ.

އެ މައްސަލަ ބަލަން ޑިފެންސް މިނިސްޓްރީ އާއި ފުލުހުންނަށް ފޮނުވާފައިވާ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.

މީގެ އިތުރުން މި މައްސަލަ މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން އިމްތިޔާޒް އަދި ސުލޫކް ކޮމިޓީއަށް ވެސް ފޮނުވައިފައިވާ ކަމަށް އަފީފް ވިދާޅުވި އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!