މޫދަށް ފޭބި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

އދ. ދަނގެތީ ފަޅުގައި އޮތް “ބްލޫ ފޯސް-1” ނަމަކަށް ކިޔާ ސަފާރީއަކުން މޫދަށް ފޭބި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، މަރުވެފައި އޮއްވާ ފެނުނީ އދ. ދަނގެތީ ވެސްޓްބީޗް އުމުރުން 32 އަހަރުގެ މުމްތާޒް ޙުސެއިންކަމަށެވެ. މުމްތާޒް ފެނިފައިވަނީ ރޭ 22:30 ހާއިރު ސަފާރީން މޫދަށް ފޭބިފަހުން ޚަބަރެއް ނުވެގެން ބެލިއިރު ސަފާރީއާއި ދިމާލު މޫދު އަޑީގައި އޮއްވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މުމްތާޒް ނެގިއިރު ހަރަކާތެއް ނެތްކަމަށާއި، އޭނާގެ ހަށިގަނޑު ދަނގެތީ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި ޙާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!