ދަތުރުދާ ރަށެއްގެ ގޮތުގައި ފަރުކޮޅުފުށި ހަމަޖައްސައިފި

މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި ކ. ފަރުކޮޅުފުށި ހަމަޖެއްސުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މާލޭ ސިޓީ ކައުންސިލުގެ އިހުތިސޯސްގެ ތެރޭ އޮތް ފަަރުކޮޅުފުށި އޮތީ ފަޅުރަށެއްގައި ކަމަށާއި ހުޅުމާލޭ ދެވަނަ ފިޔަވައްސާ އެއްކޮށްލާފައިވާ އެ ރަށުގައި ކުރާ ކޮންމެ ކަމަކީ މާލޭގެ ރައްޔިތުންނަށް އޭގެ މާލީ ފައިދާ ވާންޖެހޭނެ ކަމެއް ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމުގެ މިލްކުވެރިޔަކީ އެޗްޑީސީ ކަމަށްވާއިރު އެޗްޑީސީއާ ވާހަކަ ދައްކައިގެން އެތަނުން ލިބޭ ފައިދާ ރައްޔިތުންނަށް ލިބޭނެ ގޮތަށް މަސައްކަތްކުރަން ކައުންސިލުގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

 ފަރުކޮޅުފުށި މިހާރު ބޭނުން ކުރަނީ ކޮވިޑަށް ޕޮޒިޓިވް މީހުންނަށް ހާއްސަ ފެސިލިޓީއެއްގެ ގޮތުގައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!